ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް 59 އަހަރު ފުރުން ފާހަގަކުރުމަށް 59 ފޫޓުގެ ކޭކެއް މިއަދު ފަޅައިފި އެވެ.
ހުޅުލޭ އެއާޕޯޓުގެ ނަމުގައި މިހާރުގެ ވީއައިއޭ ހުޅުވީ 12 އޭޕްރިލް 1966ގައެވެ. އޭގެ ފަހުން އެއާޕޯޓުގެ ނަން ތިންފަހަރު ބަދަލުކުރި އެވެ. އެގޮތުން 1980ގެ ކުރީކޮޅު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެއާޕޯޓުގެ ނަން ”މާލޭ އިންޓަނޭޝަނަލް އެއާޕޯޓް“ އަށް ބަދަލުކުރި އެވެ.
އޭގެ ފަހުން ”އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް“ގެ ނަމަށް ބަދަލުކުރެއްވީ 26 ޖުލައި 2011 ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެއާޕޯޓުގެ ނަން ބަދަލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 1 ޖަނަވަރީ 2017ގައެވެ.
އެއާޕޯޓަށް 59 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު އެންމެ ފުރަތަމަ ބާއްވާފައިވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެކެވެ. 59 ފޫޓުގެ ކޭކު ފެޅީ އެ ރަސްމިއްޔާތަށްފަހު އެވެ. އަދި އެއަށްފަހު އެކުވެރިކަމުގެ ހިނގާލުމެއްވެސް ބޭއްވި އެވެ.

9 Comments
ގުޅުންހުރި
ގިނަ މީހުން ބޭނުންވި ގޮތާ ހިލާފަށް ކެބިނެޓުން ނިންމީ 2007ގެ ފަހުން
ތިން އަހަރުވެފައިވާ ސައިކަލާއި ފަސް އަހަރުވެފައިވާ ކާރުން ދެން އެތެރެ ނުކުރެވޭނެ
60 އަހަރުވުމުން ހާއްސަ ލައިސެންސެއް ނަގަންޖެހޭ ގޮތަށް ހަދައިފި، ކާރެއް ނުދުއްވޭނެ!
ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ދެ ޕްރޮސިކިއުޓަރަކު ސަސްޕެންޑްކޮށްފި
ޓްރެވަލް އިންޑަސްޓްރީގެ އެންމެ މަގުބޫލު، ވެކޭޝަންސް އެކްސްޕޯ ފަށަން 4 ދުވަސް!
މެލޭޝިއާ، ލަންކާ، އިންޑިއާ އަދި ޔޫކޭގައި ދިވެހި އައިޑީކާޑު ހެދޭނެ ގޮތް