އުމުރުން 60 އަހަރުވުމުން ކާރު ދުއްވުން މަނާވާ ގޮތަށް ”އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދު“ އިސްލާހުކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ވަނީ އެ ގަވާއިދަށް ގެނައި އިސްލާހުތައް ގެޒެޓުކޮށްފައެވެ. އެ ގަވާއިދުގައިވާ ގޮތުން އުމުރުން 60 އަހަރުވުމުން ލިބޭނީ ހާއްސަ ލައިސަންސެކެވެ. އެ ލައިސަންސުން ދުއްވޭނީ 60 ސީސީއިން ދަށުގެ މޮޓޯސައިކަލާއި އޮޓޯ ސައިކަލާއި ރަށުޕިކަޕް ފަދަ އުޅަނދުތަކެވެ. ގަވާއިދުގައިވާ ގޮތުން އެ އުޅަނދުތައް ވެސް ދުއްވޭނީ ހަމައެކަނި ގަޑިއަކު 30 ކިލޯމީޓަރަށްވުރެ މަޑުން ދުއްވުން ހުއްދަކުރާ މަގުތަކުގައި އެކަންޏެވެ.
ގަވާއިދުގައިވާ ގޮތުން އެ ލައިސަންސް މުއްދަތުގެ 10 އަހަރެވެ. އެ ލައިސަންސް އާ ކުރުމުގެ އިހުތިޔާރު ލިބިގެންނުވާ ކަމަށް ވެސް ގަވާއިދުގައިވެއެވެ. ނަމަވެސް ހަތަރު ގަޑިއިރުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމުން ލައިސަންސް ހޯދުމަށް ހުށަހެޅިދާނެ ކަމަށެވެ. އެފަދަ ހުށަހެޅުންތައް އެއީ އަލަށް ލައިސަންސް ހޯދުމަށް ހުށަހަޅާ ހުށަހެޅުންތައް ކަމަށް ބަލަންވާނެ ކަމަށް ގަވާއިދުގައި ބުންޏެވެ.
ދޮށީ އުމުރުގެ މީހުންނަށް ހާއްސަ އެ ލައިސަންސު އޮންނަ މީހަކު އެއް ފަހަރަށްވުރެ ގިނަ ފަހަރު ޓްރެފިކް ގަވާއިދުތަކާ ހިލާފުވެއްޖެ ނަމަ، ލައިސަންސް ބާތިލުކުރުމުގެ އިހުތިޔާރު، ޓްރާންސްޕޯޓް މިނިސްޓްރީއަށް ނުވަތަ ލައިސަންސް ދޫކުރި އިދާރާއަކަށް ލިބިގެންވެ އެވެ.

17 Comments
ގުޅުންހުރި
ދަތުރުފަތުރުގެ ދާއިރާގައި ހިނގާ އެކްސިޑެންޓުތައް ތަހުގީގުކުރަން ވަކި އިދާރާއެއް!
ފަޅުގައި އަޅާފައި އޮންނަ އޮޑިދޯނިފަހަރުގައި ފަޅުވެރިއަކު ނުހުންނަމަ ފިޔަވަޅު އަޅާނަން!
ޖޫރިމަނާގެ ފައިސާ 10،000 ރުފިޔާއަށް ގިނަވާނަމަ ބަހާލައިގެން ދެއްކޭގޮތް ހަދައިފި
އާރުޓީއެލް ފެރީގެ ހިދުމަތް އަގުހެޔޮކޮށް ދޭންޖެހުމުން ދައުލަތަށް ގެއްލުންވާތީ، ޓިކެޓުގެ އަގުތައް
ކޫއްޑޫގެ ރަންވޭ މަރާމާތުކޮށް ދަތުރުތައް ވަރަށް އަވަހަށް ފަށާނެ: އަމީން
ޕާކިން ސްލޮޓް ކުއްޔަށް ދިނުން ހުއްޓާލަން އަންގައިފި