ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ނިންމުމުގެ މަސައްކަތަށް ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓް (ސައުދީ ފަންޑު) އިން 17 މިލިއަން ޑޮލަރު (262 މިލިއަން ރުފިޔާ) ގެ ލޯނެއް ދީފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސުލްތާން އަބްދުއްރަހްމާން އަލްމަރްޝަދެވެ.
މިދިޔަ އަހަރުގެ މެއި މަހު ވެސް ވީއައިއޭގެ އާ ޓާމިނަލް މަސައްކަތަށް ބޭނުންވާ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ސައުދީ ފަންޑުން ހަމަޖައްސައި ދީފައިވެ އެވެ. އަދި މީގެ ކުރިން 2016 ވަނަ އަހަރު ވެސް އެއާޕޯޓް ތަރައްގީ ކުރުމަށް ސައުދީ ފަންޑުން ވަނީ 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފަ އެވެ.
މިއަދު ހަމަޖައްސައި ދިން 17 މިލިއަން ޑޮލަރާ އެކު ސައުދީ ފަންޑުން، 2016 ވަނަ ފެށި އެއާޕޯޓު ޕްރޮޖެކްޓަށް ދިން ފައިނޭންސްގެ އަދަދު 217 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) އަށް ވަނީ އަރައިފަ އެވެ.

ގުޅުންހުރި
އިންޓަނޭޝަނަލް ފެންވަރަށް ކައްދޫ އެއާޕޯޓު ތަރައްގީކުރަން ހަވާލުކޮށްފި، 2028 އަށް ނިންމަނީ
6 މަސްތެރޭ ހުރިހާ ޓާޝަރީ ހޮސްޕިޓަލެއްގައި އެމްއާރުއައިގެ ހިދުމަތް ފަށާނަން: ރައީސް
ގުރައިދޫގައި އެއާޕޯޓް އަޅަން ހަވާލުކޮށްފި، 2027 ވަނަ އަހަރުގެ މިނިވަން ދުވަހު
ދިޔަމިގިލި، މަޑިފުށި އަދި އުފުރިޔާ ކޯޒްވޭއަކުން ގުޅާލަނީ، ރައީސް ވައުދުވީ ދޮޅު
ވީއައިއޭގެ އާ ޓާމިނަލުން އިންޑިއާގެ އެންމެ ބޮޑު އެއާލައިނަށް ހިދުމަތް ދޭން
ވިލުފުށި އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށައިފި، ރައީސް ވައުދުވީ 30 މަސް