ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި އިޒްރޭލުގެ އަސްކަރިއްޔާގެ ވެރިންނަށްވެސް ރާއްޖެއަށް އާދެވޭ ގޮތަށް ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވެއްޖެ އެވެ.
އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަންގެ ގާނޫނަަށް އިސްލާހު ގެންނަށް 30 މެއި 2024 ގައި މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އެވެ. އޭނާ ބިލު ހުށަހެޅީ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުންގެ ގޮތުގައި އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ މީހުންނާއި އެހެން ގައުމެއްގެ ޕާސްޕޯޓް ގެންގުޅޭ އިޒްރޭލު މީހުންނަށްވެސް ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އަކުރެއް އިތުރުކުރުމަށެވެ.
އެ ބިލާމެދު ގޮތެއް ނިންމުމަށް އިއްޔެ ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މިކާއީލް ހުށަހެޅުއްވި ގޮތް ބަދަލުކޮށް، 7 އޮކްޓޫބަރު 2023 އިން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް އަންނަންދެން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުމަކީ މަނާ ކަމެއް ކަމަށް ގާނޫނުގައި ހިމެނުމަށް ފާސްކޮށްފައެވެ.
އެގޮތަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު (ޝާޑް) އެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ އިސްލާހު ކޮށްފައިވަނީ ޕީއެންސީގެ މެންބަރުންގެ ވޯޓުންނެވެ.
އެ ބިލް ފާސްކުރިގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވާ މަޓޭ ވިދާޅުވީ މަޖިލީހުގެ ކޮމިޓީން އެ ބިލަށް ގެނެސްފައިވަނީ ކޫސަނި ބަދަލުތަކެއް ކަމަށެވެ.
”ބިލުގައި ކޫސަނި ކަންތައްތަކެއް އެބަހުރި، އެއީ އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ އިއްޒަތްތެރި ރައީސް، އެ ކޫސަނި ކަންތައްތަކުގެ ސަބަބުން މިވާ ގޮތަކީ މިހާރުގެ އިޒްރޭލުގެ ބޮޑުވަޒީރުވެސް އެހެން ޕާސްޕޯޓެއްގައި ރާއްޖެއަށް އާދެވޭ.. އެ ކޫސަނި ކަންތައްތަކުގެ ވާހަކައަކީ މިހާރުގެ އިޒްރޭލުގެ މިލިޓަރީ ކެބިނެޓަށްވެސް އަދި މިލިޓަރީ ބޭފުޅުންނަށް ވެސް އެހެން ޕާސްޕޯޓެއްގައި ރާއްޖެއަށް އާދެވޭ، އެއީ އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ.“ މަޓޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑުއަލް ޕާސްޕޯޓް އޮންނަ މީހުން ދެނެގަތުމުގެ ވަސީލަތް ނެތް ކަމަށް އިމިގްރޭޝަނުން ކޮމިޓީއަށް މައުލޫމާތު ދިންއިރު ރާއްޖެއަށްވެސް އެތެރެވާއިރުގައި ޑުއެލް ޕާސްޕޯޓެއް ނެތް ކަމަށް ބުނެ އިޒްރޭލު މީހަކު ވަދެއްޖެ ނަމަ، އެ މީހަކު ހައްޔަރުކުރުމުގެ ބާރު ރާއްޖޭގެ ތަންފީޒީ އިދާރާތަކަށް އޮންނާނެ ކަމަށެވެ.




2 Comments
ގުޅުންހުރި
ފުވައްމުލަކާއި އައްޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި
މެކްސިކޯގެ ރައީސަށް މަގުމަތިން ޖިންސީ ގޯނާކޮށްފި
ވަރުގަދަ އަސްކަރީ ބާރެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ވާޖިބެއް: ރައީސް
ސިފައިންގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން އައްޑޫގައި ގާއިމުކޮށްފި
15,000 ރުފިޔާ ދޭނަމޭ ބުނުމުން ހަވާލުވި ލަގެޖުގައި ޑުރަގް!
15 އަހަރުވުމުން ޔުނިވާސިޓީގެ ދަރަޖަ ލިބޭގޮތަށް ހުށަހެޅި އިސްލާހު ފާސްކޮށްފި