ހައިވޭގައި ވޭނަކާއި ސައިކަލެއްޖެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކުޑަކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 17:53 ހާއިރު އެ އެކްސިޑެންޓް ހިނގީ ސީޕްލޭން ޓާމިނަލް ސަރަހައްދުން ނުކުތް ވޭނަކާއި މާލޭކޮޅުން ހުޅުމާލެއަށް ދުއްވާފައިދިޔަ ސައިކަލެއް ޖެހިގެން ކަމަށެވެ.
މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، ސައިކަލުގައި އިން 6 އަހަރުގެ ފިރިހެން ކުއްޖާއަށް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ



