އޭޕްރިލް 19, 2025

ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީ ބަންދުކުރަނީ

އެމެރިކާ ސަރުކާރުން ހަރަދު ކުޑަކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީ ބަންދުކުރަން ބޭނުންވާކަން އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހާމަކުރައްވައިފި އެވެ.

އެމެރިކާއިން ވަނީ 10 ގައުމެއްގައި ހުންނަ އެ ގައުމުގެ އެމްބަސީއާއި 17 ކޮންސިއުލޭޓެއް ބަންދުކުރަން ވިސްނައިފަ އެވެ.

ނިއުޔޯކް ޓައިމްސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމެރިކާއިން ބަންދުކުރަން ވިސްނަމުންދާ ގައުމުތަކުގެ އެމްބަސީތަކުގެ ތެރޭގައި ހިމެނެނީ އެފްރިކާގެ ހަ ގައުމެއްގެ އެމްބަސީ، ސެންޓްރަލް އެފްރިކަލް ރިޕަބްލިކް، އެރިތްރިއާ، ގެމްބިއާ، ލެސޯތޯ، ކޮންގޯ އަދި ދެކުނު ސޫދާ  ޔޫރަޕްގެ ދެ އެމްބަސީއާއި ލަގްޒަމްބާގާއި މޯލްޓާ، ރާއްޖޭގެ އިތުރުން ގްރެނެޑާގެ ހުންނަ އެމެރިކާގެ އެމްބަސީ އެވެ.

އެމެރިކާ ސަރުކާރުގެ ވިސްނުމަކީ އެ އެމްބަސީތައް ބަންދުކުރުމަށްފަހު އެމްބަސީތަކުގެ މަސައްކަތް ކައިރި ގައުމުތަކުގައި ހުންނަ އެމެރިކާގެ އެމްބަސީތަކަށް ބަދަލުކުރުމެވެ.

ރާއްޖެއިން، އެމެރިކާއާއެކު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1966 ވަނަ އަހަރުގަ ގަ އެވެ.

އެމެރިކާއިން ރާއްޖެއަށް ހާއްސަ އެމްބަސަޑަރެއް ހަމަޖެއްސީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގަ އެވެ. އެމްބެސަޑަރަކަށް ހަމަޖެއްސީ ހޫގޯ ޔޮން އެވެ.

އެމެރިކާގެ އެމްބަސީ ހިންގަމުން އަންނަނީ ހުޅުމާލޭގައި ތަނެއް ކުއްޔަށް ހިފައިގެންނެވެ. އެކަމަކު، އެމްބަސީއަށް ހާއްސަ ބިމެއް ހަމަ ހުޅުމާލެއިން ވަނީ ހަމަޖައްސައިދީފަ އެވެ.

އެ ބިމުގައި އިމާރާތް ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.

7 Comments

  • އަޙުމަދު ޢާދިލް އޭޕްރިލް 16, 2025

    Kurey. Beykaaaru imaaaraaatheh

  • Raz Abdul އޭޕްރިލް 16, 2025

    😡

  • Ahmed Amru އޭޕްރިލް 16, 2025

    ٱلْحَمْدُ لِلَّٰهِ

  • Ahmed Amru އޭޕްރިލް 16, 2025

    Our sustenance is not what Trump gives. Do you claim to be a god?

  • Zahira Hasan އޭޕްރިލް 16, 2025

    Heu

  • Ahmed Midshan އޭޕްރިލް 17, 2025

    Saabahey raees muizzu 👏👏👏

  • Ali Shujau އޭޕްރިލް 17, 2025

    Alhamdhulillaah

Leave a Reply to Ahmed Midshan Cancel reply