އެމްޑީޕީއާއި އެ ޕާޓީގެ އެކި ފަރާތްތަކާ ދައުވާކުރިޔަސް އެކަތިގަނޑެއްގެ ގޮތުގައި އޮތް އެމްޑީޕީ ފަހަތަށް ނުޖެއްސޭނެ ކަމަށް އެ ޕާޓީގެ ރައީސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިދިޔަ މަހުގެ ތެރޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލެއްގެ ކަރާމާތަށް އަރައިގަނެއެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބޭރު (މާންދީ) ދެއްކި ވާހަކަތަކާއި ގުޅިގެން އެމްޑީޕީއާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއާ ދެކޮޅަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވަނީ ސިވިލް ކޯޓު އަދި ފެމިލީ ކޯޓުގައި ދައުވާކޮށްފަ އެވެ.
އެކަމާ ގުޅިގެން ސޯލިހު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ދައުވާތަކަކީ ފަސްޓް ލޭޑީ ސިޔާސީ ބޭނުމެއްގައި ކުރާ ސިޔާސީ ދައުވާތަކެއް ކަމަށެވެ. ސޯލިހު ވިދާޅުވީ ދައުވާތަކާ ކުރިމަތިލާން ޖެހުމަކީ އެ ޕާޓީއަށް އާ ކަމެއް ނޫން ކަމަށެވެ.
”އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއާއި ޕާޓީގެ އިސް ހިދުމަތްތެރިންގެ މައްޗަށް ސިޔާސީ ބޭނުމެއް އެކި ނަންނަމުގައި ކުރާ ދައުވާތަކަކީ އެމްޑީޕީގެ އަޑު ކަނޑުވާލުމުގެ މަގުސަދުގައި ހިންގާ ފިނޑި އަމަލެއް“ ސޯލިހު ވިދާޅުވިއެވެ.
”އަޅުގަނޑުމެން މިތިބީ އެކަތިގަނޑެއްގެ ގޮތުގައި، ބަދަހިކޮށް އަދި ރައްޔިތުންގެ ހައްގުގައި އެމްޑީޕީން ކުރާ މަސައްކަތްތައް ދާނީ ކުރިއަށް“
ސިޔާސީ ބޭނުމެއްގައި ދައުވާތަކެއް ކޮށްގެން ކުޑަކޮށް ވެސް ފަހަތަށް އެމްޑީޕީ ނުޖެހޭނެ ކަމަށް ސޯލިހު ވިދާޅުވި އެވެ.




2 Comments
ގުޅުންހުރި
ރެޔާއި ދުވާލު މަސައްކަތްކުރާ ވެރިޔަކަށް ބޭނުންވަނީ އެއްބާރުލުން ދޭނެ ކައުންސިލަރުން: ސާޖިދާ
މަސައްކަތް އަދި މި ފެށުނީ، އެމްޑީޕީން އެކުގައި ނުކުމެ އިންތިހާބު ބޮޑުތަނުން
އެމްޑީޕީގެ މެމްބަރުން ހާލުގައި ޖައްސައި މަގުމަތިކޮށްފައި ދުވަހަކުވެސް ނުދާނަން: އާދަމް އާޒިމް
ވެރިކަންކުރާ ޕީއެންސީގައި 74،000 މެންބަރުން، އެމްޑީޕީގައި 43،700 މީހުން
އެމްޑީޕީގެ ޗެއާޕާސަންކަމަށް ރީކޯ މޫސަގެ ޝައުގުވެރިކަން
ކައުންސިލުގެ ފްލޯއަކީ ޑްރާމާ ކުޅެ، މާލޭގެ ބިންތައް ވިއްކަން އޮންނަ ތަނެއް