ޒުވާނުން މިހާރު އަލުން މަސްވެރިކަން ކުރަން ފަށާފައިވާ ކަމަށާއި އެއީ އެ މަނިކުފާނު ބޭނުންފުޅުވި ގޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
”ރަައްޔިތުންނާ އެކު“ ޕޮޑްކާސްޓުގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމުގެ ވައުދުފުޅު މިހާރު ފުއްދަވާފައިވާ ކަމަށެވެ. މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޭން ފެށިފަހުން މިވީތަނަށް އެންމެ ދުވަހެއް ވެސް ވައްޓާނުލައި 470 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މަސްވެރިންނަށް ގަވާއިދުން ފައިސާ ލިބެން ފެށުމުން އެކަމުގެ ހެޔޮ ނަތީޖާ ވެސް މަސްވެރިކަމުގެ ދާއިރާއިން ފެންނަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
”…ކުރީގައި މަސްވެރިކަމުން ފައިސާ ނުލިބޭތީ ދޯނިން ފޭބި އެތައް ބަޔަކު، ޒުވާނުން ހާއްސަކޮށް، އަނބުރާ މަސްވެރިކަން ކުރަން ފަށައިފި. އެހެން މަސައްކަތްތައް ފަށާފައި، އޮފީސްތަކަށް، އާންމުކޮށް މި ހުންނަ ކަހަލަ ވަޒީފާތަކަށް ދާން ފެށި ބައެއް މީހުން މިހާރު އެބަ އަނބުރި އާދޭ،“ އެއީ އަޅުގަނޑު ބޭނުންވި ގޮތް،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފިޝަރީޒް މެނޭޖްމަންޓުގެ ދާއިރާއިން ކިޔަވަން 45 ކުއްޖަކަށް ސްކޮލާޝިޕް ހަމަޖައްސައިދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެ ސްކޮލާޝިޕް ފުރުސަތު ހުޅުވާލަނީ ގައުމީ ޔުނިވާސިޓީގައި ”ފިޝަރީޒް އެންޑް އޯޝަން ސައިންސަސް“ ނަމުގައި އުފައްދާފައިވާ ކޮލެޖުން ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ މަސްވެރިންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދެއްވުމަށްޓަކައި މި ސަރުކާރުން ފައްޓަވާފައިވާ ގިނަ މަސައްކަތްތަކެއް މިއަހަރާއި އަންނަ އަހަރު ތެރޭ ނިމި، އަމަލީ ގޮތުން އޭގެ ފައިދާ ކުރަން ފަށާނެ ކަމަށެވެ.
އެގޮތުން، މި ދައުރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ކަޅުބިލަމަސް ރައްކާކުރުމުގެ ގާބިލުކަން، 8،500 ޓަނުން 25،000 ޓަނާ ހަމައަށް އިތުރުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޕްރޮސެސިން ކެޕޭސިޓީ، މިހާރު ހުރި 115 ޓަނުން 355 ޓަނާ ހަމައަށް އިތުރުކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

14 Comments
ގުޅުންހުރި
އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ އިސްލާމީ އުއްމަތަށް ރައީސް ދެއްކެވި ނަމޫނާއެއް، ސެލިއުޓް
ޝިޔާމް، ޖަމީލަށް: ރައްޔިތުން ހޮވި ވެރިއަކީ ރައީސް މުއިއްޒު ކަމަށް ހިތަށް
ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ 515 ދުވަސް ފަހުން ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ސިނގިރޭޓް މަނާކުރުމުގައި ގިނަ މީހުން ބޭނުންވި ގޮތާ ހިލާފަށް ނިންމީ އިހުތިރާމް
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ބިލް ރައީސް ތަސްދީގު ކުރައްވައިފި
ސައޫދީ ފަންޑުގެ އެންމެ އިސްވެރިޔާއަށް ދިވެހި ދައުލަތުން ދޭ ތިންވަނަ އެންމެ