ކްރިސްޓިއަން ދީނުގެ އެންމެ ބޮޑު ފާދިރީ ޕޯޕް ފްރެންސިސް މަރުވެއްޖެ އެވެ. މަރުވި އިރު އުމުރަކީ 88 އަހަރެވެ.
ކެތަލިކް ކްރިސްޓިއަނުންގެ މައި ޗާޗް ހުންނަ ވެޓިކަން ސިޓީން ވަނީ އެކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ.
އާޖަންޓީނާއަށް އުފަން ފްރެންސިސްގެ އުފަން ނަމަކީ ޖޯޖް މާރިއޯ ބާގޯގްލިއޯ އެވެ. ޕޯޕްގެ މަގާމަށް ފްރެންސިސް އައްޔަން ކުރީ 2013 ވަނަ އަހަރެވެ. އެއީ އެ މަގާމުގައި ކުރިން ހުރި ބެނެޑިކްޓް އިސްތިއުފާ ދިނުމުންނެވެ. ބެނެޑިކްޓަކީ ހަ ގަރުނުގެ ތެރޭގައި ޕޯޕްގެ މަގާމުން އިސްތިއުފާ ދިން ފުރަތަމަ މީހާ އެވެ.
ފްރެންސިސް ވެފައިވަނީ ޕޯޕްގެ މަގާމަށް އައްޔަންކުރި އެމެރިކާއަށް ނިސްބަތްވާ އަދި ސަތަން ހެމިސްފިޔާއަށް ނިސްބަތްވާ މީހާ އެވެ.
ޕޯޕްގެ މަގާމުގައި ފްރެންސިސް ހޭދަކުރި 12 އަހަރު ތެރޭގައި އޭނާ އެތައް ބަލިމަޑުކަމަކާ ކުރިމަތިލާން ޖެހުނެވެ. އޭނާއަށް ވަނީ މި ފަހުންވެސް ދެ ފަހަރަށް ނިއުމޯނިއާ ޖެހިގެން ފަސް ހަފުތާ ވަންދެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދީފަ އެވެ.




76 Comments
ގުޅުންހުރި
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ޔާމީން އާއެކު މަސައްކަތްކުރަން ނަޝީދު އާއި ސޯލިހު
ރިސޯޓު މުވައްޒަފުންނަށް ރިސޯޓާ ކައިރިން ބޯހިޔާވަހިކަން ހަމަޖައްސާނަން: ރައީސް
މާލެ-ހުޅުމާލެ ހައިވޭއާ ޖެހިގެން ރޭސިން ޓްރެކް އަޅަނީ
ތަކުރާރުކޮށް ކުށްކުރާ މީހުންގެ މައްސަލަތައް އަވަސްކުރަނީ
ސައީދުގެ މައްޗަށް އިއްވި ޖަލު ހުކުމް އިސްތިއުނާފުކޮށްފި
ވައި ނުސާފުވުމުން މޭޔަރު އާޒިމްގެ އިލްތިމާސް: މާސްކު އަޅުއްވާ، ބޭރަށް ނުކުމެ