ރާއްޖޭގެ މަޝްހޫރު ލިޓަސް ގުރޫޕްގެ ދެ ކުންފުންޏަކުން ޖީއެސްޓީ ނުދައްކާތީ މޯލްޑިވްސް އިންލޭންޑް އެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެ ދެ ކުންފުނީގެ ނަން އާންމުކޮށްފި އެވެ.
މީރާއިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ޖީއެސްޓީ ނުދައްކާ 146 ފަރާތެއްގެ ނަން އާންމުކޮށްފަ އެވެ. އެ ފަރާތްތަކަކީ ޓެކްސްގެ ގޮތުގައި 600،000 އަށްވުރެ މަތި އަދަދެއް މީރާއަށް ދައްކަންޖެހި ނުދައްކައިވާ ފަރާތްތަކެވެ.
މީރާ އިން ނަން އާންމުކޮށްފައިވަނީ ލިޓަސް ކޮންސްޓްރަކްޝަން އާއި ލިޓަސް ޓްރޭޑިން ލިމިޓެޑްގެ އެވެ. ނަމަވެސް އެ ފަރާތްތަކުން ވަކިވަކިން ދައްކަންޖެހޭ ޓެކްސްގެ އަދަދެއް މީރާއިން ހާމައެއް ނުކުރެ އެވެ.
ފަވަލަ ބްރޭންޑުގެ އެއްޗެހި ވިއްކަނީ ލިޓަސް ކޮންސްޓްރަކްޝަންގެ ދަށުންނެވެ. އަދި ލިޓަސް ޓްރޭޑިންގެ ދަށުން ހިންގާ ތަންތަނުގެ ތެރޭގައ ލިޓަސް ކަނެކްޓް، އޮފީސް ޓެކް، ލިޓަސް ހޯމް ސެންޓަރު ހިމެނެ އެވެ. ލިޓަސް ގުރޫޕުގެ ސީއީއޯއަކީ މުހައްމަދު ޒާހިދެވެ. ޖެނެރަލް މެނޭޖަރަކީ އަހުމަދު ޒާހިރެވެ.
ލިޓަސް ކޮންސްޓްރަކްޝަން އާއި ލިޓަސް ޓްރޭޑިން ލިމިޓެޑްގެ އިތުރުން މީރާ އިން އާންމުކުރި ލިސްޓުގައި ރާއްޖޭގެ ބައެއް ބޮޑެތި ކުންފުނިތައްވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ސްޓެޓިކް ކޮމްޕެނީ، ޓެޕް ކޮންސްޓްރަކްޝަން، ސިނަފް، ރެއިންބޯ އެލްމިނިއަމް، ނޮވެލްޓީ ބުކްޝޮޕް ހިންގާ އެންބީ އިންވެސްޓްމަންޓް، ހުދުމަ ހޯލްޑިންގްސް އަދި އޭޝިއާ ފޯވާޑިން ހިމެނެ އެވެ.




16 Comments
ގުޅުންހުރި
އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރަން ސައުދީގެ ވަފުދެއް ރާއްޖެއަށް
އެސްޓީއޯއާއި ހިޓާޗީގެ ވަރުގަދަ ގުޅުމަށް 25 އަހަރު ފާހަގަކުރަން ކުލަގަދަ ހަފުލާއެއް
ޕަބްލިކް ލަޔަބިލިޓީ އިންޝުއަރެންސް; ވޯޓާސްޕޯޓްސް ސެންޓަރުތަކަށް ފުރިހަމަ ރައްކާތެރިކަން
މޯލްޑިވް ގޭސް އިން ގޭސް ޑެލިވަރީ ވަގުތު އިތުރުކޮށްފި: ރައްޔިތުންނަށް އިތުރު
މިދިޔަ ދެ އަހަރުތެރޭ 29 ރަށެއްގައި 44 ޖެންސެޓް ބަހައްޓައިފިން: ސްޓެލްކޯ
ތިންވަނަ ކުއާޓަރު: އެސްޓީއޯ އަށް 3.8 ބިލިއަންގެ އާމްދަނީއެއް, 186 މިލިއަންގެ