އޯގަސްޓް 2, 2025

ސީސީޓީވީ ފުޓޭޖު ގަޑި ދިމާނުވާތީ ޝަމީމަށް ހަމަލާދިން އެންމެން ސަލާމަތްވެއްޖެ

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މަރުތޭލަކުން ހަމަލާދިން މައްސަލައިގައި ދައުވާ އުފުލި ހަތް މީހުން މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާކުރީ ރ. އަލިފުށީ ރިވެލި މިދުހަތު އާދަމާއި ލ. ގަމު ތުނޑީ އަވަށު ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާނާއި އދ. މާމިގިލީ ކެމީހިޔާ ޒަޔާން ނަސީރާއި ތ. ދިޔަމިގިލީ ރުވާ، އަބްދުލްހަންނާނާއި ލ. މާމެންދޫ މުރިނގު، ރަޖުވާން ލަތީފާއި ދަފްތަރު ނަމްބަރު 2247، އަހުމަދު މައިސާން ހާޝިމްގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް ކުރީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާ އެވެ. މިދިޔަ ސެޕްޓެމްބަރު މަހު މައްސަލައިގައި ޝަރީއަތް ފެށިއިރު، ޝަމީމް ވެސް ހެކިބަސް ދެއްވާފައިވެ އެވެ.

ކުރިމިނަލް ކޯޓުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެ މައްސަލައިގައިކުރި ހުކުމުގައި ބުނީ ދައުލަތުން މި މައްސަލައިގެ ކުށް ސާބިތުކުރުމަށް އެންމެ މުހިންމު ހެއްކެއްގެ ގޮތުގައި ހުށަހެޅީ ސީސީޓީވީ ފޫޓޭޖެއް ކަމަށެވެ. ނަމަވެސް އޭގެ ސައްހަކަމާމެދު ސުވާލު އުފެދިފައިވާ ކަމަށް ހުކުމުގައި ބުންޏެވެ.

ފޫޓޭޖާ ގުޅިގެން ހުކުމުގައި ފާހަގަކުރި ކަންކަން:

  • ސީސީޓީވީގެ ފުޓޭޖުތަކުން ފެންނަ ގަޑިއާއި ހާދިސާ ހިނގި ވަގުތު ކަމަށް ބުނާ ވަގުތާ ދިމައެއް ނުވޭ ޓައިމްސްޕޭސްގެ މައްސަލަ –
  • ތަހުގީގު މަރުހަލާ އަދި ދައުވާކުރުމުގެ މަރުހަލާގައި އެނގުނު އިރު ވެސް ދައުލަތުން އެ މައްސަލަ ހިނގި ގޮތް އެއްވެސް ވަރަކަށް ޝަރީއަތަށް ސާފުކޮށްދީފައެއްނުވޭ
  •  ހެކި ޝަރީއަތަށް ބަލައިގަނެވުނު ނަމަވެސް ކުށް ސާބިތު ކުރުމުގައި ހެއްކަށް ދެވޭނެ ބުރަދަން މި ހާލަތުގައި ވަރަށް ދަށް

ހުކުމުގައި ބުނީ ހުކުމްގައި ބުނީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމުގައި ހުރި މީހަކަށް ހަމަލާދީ އޭނާ މަރާލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެ އަސާސީ ހެކީގެ ކްރެޑިބިލިޓީއާ މެދު ސުވާލު އުފެދިދާނެ ކަމެއް ފާހަގަވުމުން އެކަމަށް ދައުލަތުން އެޑްރެސް ނުކުރުމަކީ ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅަން ޖެހުނު މައިގަނޑު ސަބަބު ކަމަށެވެ.

4 Comments

  • Aminath Nasyra އޭޕްރިލް 22, 2025

    Subuhaanallhaahi miothee vaa gaumeh

    • Ăhmeď Vildhaañ އޭޕްރިލް 23, 2025

      Aminath Nasyra verin kihaa hiyyheyo

  • Zahira Hasan އޭޕްރިލް 22, 2025

    Baaruothy ma konhai gauminyatheykiyaakan gaumennei

  • Sithunyna Saeed އޭޕްރިލް 23, 2025

    CCTV 🤣😂

Leave a Reply to Sithunyna Saeed Cancel reply