ޕީޕީއެމްގެ ޖަލްސާތަކުގައި ހުސް ގޮނޑި ބެހެއްޓީ އޭރު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުއްﷲ ޔާމީނަށް ނޫން ކަަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ އަށް ބެހެއްޓި ގޮނޑިއެއް ކަމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު (ލަތީބެ) ވިދާޅުވެއްޖެ އެވެ.
ކޮންގްރެސް ޕާޓީން އެ ޕާޓީގެ ހަރުގެ ޖަލްސާގައި ރޭ ބޭއްވި ޖަލްސާގައި ލަތީބެ ވިދާޅުވީ، އޭރު ޔާމީން ޖަލުގައި އޮންނެވި އިރު، އެ މަނިކުފާނު މިނިވަން ކޮށްދިނުމަށްޓަކައި އަދި އެ މަނިކުފާނަށް ލިބެމުންދިޔަ އަނިޔާތަކުން ސަލާމަތް ކޮށްދިނުމަށްޓަކައި އެތައް ބަޔަކު މަސައްކަތް ކުރި ކަމަށެވެ. އެ މަސައްކަތް ކުރީ ވަރަށް އިހުލާސްތެރި ކަމާއެކު ކަމަށްވެސް ވިދާޅުވި އެވެ.
ލަތީބެ ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ ޔާމީނަށް ބެހެއްޓެވި ހުސް ގޮނޑި ދައްކައިގެން ކަމަށް ބުނާއިރު އެ ހުސް ގޮނޑިއަކީ އަބްދުލްރަހީމަށް ބެހެއްޓެވި ގޮނޑިއެއް ކަމަށެވެ.
”އެއީ މަޖިލީހުގެ ރައީސް އަބްދުލްރަހީމް ވަރަށް ގިނަ ފަހަރު ޖަލްސާއައް ވަޑައިގެންނެވެނީ އެ މަނިކުފާނުގެ މަސައްކަތް ހުންނަ ގޮތުން ތަންކޮޅެއް ފަހުން، މިކަން ހިނގާ ގޮތް މިއީ، އެއީ އެ މަނިކުފާނަށް ބެހެއްޓި ގޮނޑިއެއް،“ ލަތީބެ ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވި ނަމަވެސް، އޭރު ޕީޕީއެމް ޖަލްސާތަކުގައި ރައީސް ޔާމީނަށް ބެހެއްޓެވި ހުސް ގޮނޑީގައި އެ މަނިކުފާނުގެ ނަންވެސް ޕްރިންޓްކޮށް ހިއްޕާފައި ބެހެއްޓި އެވެ. އަދި އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކުގައި ވެސް އެ ގޮނޑި ހުސްކޮށް ބަހައްޓަވަ އެވެ.




35 Comments
ގުޅުންހުރި
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!
އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށައިފި، ބޮޑު އިނާމަކަށް އެއް ލައްކަ
ބުރިޖުގެ މަރާމާތުގެ މަސައްކަތަކަށް މިރޭ 11:45 އިން ފެށިގެން އެއް ލޭނު
ސިނގިރޭޓު ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން ދިހަ މީހަކަށް ދައުވާކޮށްފި
ވައިގެމަގުން އެތެރެކުރަން އުޅުނު ދެ މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި
5 މަސް ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރަށް 500 މީހުން