ޑޮލަރު މައްސަލަ ހައްލުކޮށް 2027 ވަނަ އަހަރުގެ ނިޔަލަށް ބޭންކު ރޭޓުގައި އެންމެންނަށް ޑޮލަރު ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ޒުވާނުންނަށް ހާއްސަކޮށްގެން ސަރުކާރުން ފެށި ޕޮޑްކާސްޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިއްޔެ ވިދާޅުވީ، ޑޮލަރު މައްސަލަ ހައްލުވާނެ ކަމަށާއި ނަމަވެސް އެކަމަށް ވަގުތު ނަގާނެ ކަމަށެވެ. އެގޮތުން ސަރުކާރުން ނިންމަވާފައިވާ ފިޔަވަޅުތައް ތަންފީޒު ވެއްޖެނަމަ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ވިދާޅުވި އެވެ.
”މިހާރު މި އަޅާ ފިޔަވަޅުތައް އަޅުގަނޑުމެން އިއުލާންކޮށްފައިވާ ގޮތަށް ތަންފީޒުވެއްޖެ ނަމަ، އަޅުގަނޑަށް ފުރިހަމަ ޔަގީންކަން އެބަ އޮތް ޑޮލަރު މައްސަލަ ހައްލުވާނެކަން. އެއްކޮށް ރަނގަޅުވާނެ އެކަމަކު ބައިވަރު ފިޔަވަޅުތަކެއް އެބަހުރި. މިހާރު އަޅުގަނޑުމެން މި ބަލަނީ 2027 ވަނަ އަހަރުގެ ނިޔަލަށް އަސްލު ޑޮލަރު ރޭޓުގައި ޑޮލަރު ލިބޭނެ ކަމަށް“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވަނީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން މިހާރުވެސް ގަވާއިދުން ބޭންކުތަކަށް ޑޮލަރު މާރުކުރަމުން އަންނަ ކަމަށް ވިދާޅުވެ، ޑޮލަރު މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ލިބެމުންދާކަން ފާހަގަކުރައްވައިފަ އެވެ.




12 Comments
ގުޅުންހުރި
އަޅުގަނޑުގެ މޭޔަރުކަމަށްފަހު މާލެ ސިޓީ ކައުންސިލަށް މަސައްކަތެއް ކުރެވިފައެއް ނެތް: ރައީސް
އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް، ގެދޮރުވެރިޔާ ފުލެޓުތަކަށް ވަދެވޭނެ: ރައީސް
އޭޕްރީލަށް ރަސްމާލެ ހިއްކައި ނިންމައިލެވޭނެ: ރައީސް
ރަސްމާލެއިން ފުރަތަމަ ދޫކުރާ 15،000 ގޯތީގެ ތެރެއިން މާލޭގެ ރަށްވެހިންނަށް 10،000
ރައީސް، ވިލިމާލޭ ރައްޔިތުންނާ މާދަމާ ބައްދަލުކުރައްވަނީ
ގެދޮރުވެރިކަމުގެ ރަން ޒަމާނޭ ވިދާޅުވެ 2 ބިލިއަން ހުސްކޮށްލި އިރު، ގާބުރިއެއް