ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުން އަލީ ޝުޖާއު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
’ހަފްތާ‘ އަށް އެނގިފައިވާ ގޮތުގައި ޝުޖާއު އިސްތިއުފާ ދެއްވަން ނިންމަވާފައިވާކަން އިއުލާން ކުރެއްވީ މިއަދު ބޭއްވި ޕޮލިސް ބޯޑުގެ ބައްދަލުވުމުގަ އެވެ.
ޝުޖާއުގެ އިސްތިއުފާ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް މިހާރު ވަނީ ފޮނުއްވާފައިވާ ކަމަށްވެސް ’ހަފްތާ‘ އަށް އެނގިފައިވެ އެވެ.
ޕޮލިސް ކޮމިޝަނަރު ކަމުން ޝުޖާއު އިސްތިއުފާ ދެއްވަން ނިންމަވާފައި މިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު، 21އ، ވެއްޓުނު މައްްސަލައާ ގުޅިގެން އޭނާ އިސްތިއުފާ ދެއްވަން ގޮވާލަމުންދާ ދަނޑިވަޅެއްގަ އެވެ.
ސުޖާއުގެ އިތުރުން ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ އިސްތިއުފާއަށް ވެސް ޒުވާނުން ވަނީ ގޮވާލައިފަ އެވެ. ނަމަވެސް އިހުސާން އާއި އަމީން ވަނީ އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ
ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު ބުނާ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަންކުރުމުގެ ސީދާ ބާރެއް ރައީސުލްޖުމްހޫރިއްޔާއަކަށް މިހާރު ނުލިބެ އެވެ.
ގާނޫނުގައިވާ ގޮތުން އެ މަގާމަށް ކުރިމަތިލަނީ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުގައި ހުންނަ މީހަކަށް ވާންޖެހެ އެވެ. އަދި ކުރިމަތިލާ މީހުންނާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް، ގާބިލުކަން ވަޒަންކުރަން ޖެހޭއިރު ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އެ މީހުންނާ ބެހޭ ރިޕޯޓެއް ހަދަން ޖެހޭނެ އެވެ.




3 Comments
ގުޅުންހުރި
ޝަރުއީ ދާއިރާއަށް ކުރިމަތިވަމުން އައި ހުރަސްތައް ހިރާސްތަކަކަށް ބަދަލުވެއްޖެ: އުއްތަމަ ފަނޑިޔާރު
ގްރީނަށް ޖޫރިމަނާއަކާއެކު ފިޔަވަޅު އަޅައިފި، ވެލެންސިއާއިން ނިންމުން ބަލައެއް ނުގަތް
މަރުވި ދެ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަނީ
ސީރިއާއަށް ދަތުރުުކުރުން ހުއްދަކޮށް، ޓެރަރިސްޓް ލިސްޓުން އެޗްޓީއެސްގެ ނަން އުނިކޮށްފި
މަރުގެ މައްސަލައިގައި ހައްޔަރުކުރި ލަންކާ މީހާ ފިލައިގެން ދާން އުޅުނުކަމުގެ ތުހުމަތު
ބޭބީބަޔޯ ފޯމިއުލާގައި ވިހަ މާއްދާއެއް، ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަަނާކޮށްފި