ކަމިޝަނަރު އޮފް ޕޮލިސްގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަނޑައަޅައިފި އެވެ.
ފުލުހުންގެ އިދާރާ ފަރުހާދާ ހަވާލުކުރީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުރި އަލީ ޝުޖާއު މިއަދު އިސްތިއުފާ ދެއްވުމުންނެވެ.
ފަރުހާދު ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ މާޗު 30، 1991، ގަ އެވެ. ފުލުހުންގެ ހިދުމަތުގައި ހޭދަކުރެއްވި 33 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ތަފާތު އެކި ބަހާތަކުގައި މަސައްކަތް އޭނާ ކުރައްވާފައިވެ އެވެ.
އެގޮތުން އޮޕަރޭޝަނަލް ދާއިރާ، ތަހުގީގީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ސެކްޝަންތަކުގެ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެ އެވެ.
އޭނާ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރެއްވީ މި ސަރުކާރުގައި ފެބްރުއަރީ 16، 2023ގަ އެވެ. އެ ދުވަހާ ހަމައަށް އޭނާ ހުންނެވީ ހެޑް އޮފް އޮޕަރޭޝަނަލް ސަޕޯޓް ކޮމާންޑް އަދި ޕީޕަލްސް ޑައިރެކްޓްރޭޓްގެ އެކްޓިން ހެޑް ގެ މަގާމުގަ އެވެ.
މިދިޔަ ސަރުކާރުގައި ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި މުހައްމަދު ހަމީދު އެ މަގާމުން އިސްތިއުފާދެއްވުމުން ވެސް ފުލުހުންގެ އިދާރާ ހިންގަވަން ވަގުތީ ގޮތުން ހަވާލު ކުރެއްވީ ފަރުހާދުއާ އެވެ.




ގުޅުންހުރި
ވާދަވެރިން ވެސް ގުޅެންވީ ޕީއެންސީއާ، ކާމިޔާބު ހޯދާނެ ފަޅިއަކީ މިއީ: ޝަހީމް
އެމްޑީޕީ ދެން ނަގައި ކޮޅަކަށް ނުޖެހޭނެ، ރަނގަޅު ވާނީ އާ ސިޔާސީ
ޑީއާރުޕީގެ ހަތަރު މިލިއަން ރުފިޔާގެ ދަރަނި ދައްކަން ޖެހޭނީ ނަޝީދު ކަމަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ޕާކިސްތާނުގެ ވަރުގަދަ ވައިގެ ހަމަލާތަކެއް އަފްޣާނިންތާނަށް
ކުޑަކުދިން ހުކުރު ހުތުބާއަށް ޝައުގުވެރިކަން އުފައްދަން ކުއިޒްއެއް، އެއްވަނައަށްދާ ކުދިން އުމްރާއަށް!