މައްސަލައެއް އިތުރަށް ހޫނުވިޔަ ނުދިނުމަށް އިސްތިއުފާ ދިނުމަކީ އެންމެ ރިވެތި ޑިމޮކްރެޓިކް އުސޫލު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ، ޕޮލިސް ކޮމިޝަނަރުގެ މަގާމުން އަލީ ޝުޖާއު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ނޭނގެ އެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު، 21އ، ވެއްޓުނު މައްްސަލައާ ގުޅިގެން އޭނާ އިސްތިއުފާ ދެއްވަން ގޮވާލަމުންދާ ދަނޑިވަޅެއްގަ އެވެ.
ޝުޖާއުއަށް މަރުހަބާ ވިދާޅުވެ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަންކަމާ ޒިންމާ ނަގަން، ނުވަތަ އިތުރަށް މައްސަލަ ހޫނުވިޔަ ނުދިނުމަށް އިސްތިއުފާ ދިނުމަކީ އެންމެ ރިވެތި ޑިމޮކްރެޓިކް އުސޫލު ކަމަށެވެ.
”އަބަދުވެސް އިސްކަން ދޭން ޖެހޭނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ހެވާއި ލާބައަށް،“ ނަޝީދު ވިދާޅުވި އެވެ.

ގުޅުންހުރި
ޔުމްނު ”ވެއްޓުނު“ މައްސަލަ ތަހުގީގުކުރަން ހާއްސަ ކޮމިޝަނެއް، ރައީސަކަށް މުނައްވަރު
އިތުރު ފަރުވާއަށް ޔުމްނު މެލޭޝިއާއަށް، ފަރުވާގެ ފުރަތަމަ ބުރަށް ބޭނުންވާ ފައިސާ
ކުރިން ބުނި އެތި ކެންސަލް! ފުލުހުންގެ އިދާރާ ހިންގެވުން ނަވީނަށް
ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ޑީސީޕީ ފަރުހާދާ ހަވާލުކޮށްފި
ޕޮލިސް ކޮމިޝަނަރުގެ މަގާމުން ޝުޖާއު އިސްތިއުފާ ދެއްވައިފި
ހާދިސާ ހިނގިތާ 8 ދުވަސް ފަހުން ވަނަވަރު އާންމުކުރި އެންމެންގެ ފޯނު