އޭޕްރިލް 28, 2025

ޔުމްނު ”ވެއްޓުނު“ މައްސަލަ ތަހުގީގުކުރަން ހާއްސަ ކޮމިޝަނެއް، ރައީސަކަށް މުނައްވަރު

އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ކޮމިޝަނެއް މިރޭ އުފައްދަވައިފި އެވެ.

ރައީސް މިއަދު ނެރުއްވި ގަރާރުގައި ބުނެފައިވަނީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން އެ މަނިކުފާނަށް ލިބިދޭ އިޚުތިޔާރުގެ ދަށުން އެ ކޮމިޝަން އުފައްދަވަން ނިންމެވީ ޔުމްނުގެ މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަޙުޤީޤެއް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ކުރުމަށް ކަމަށެވެ.

އެ ކޮމިޝަނަށް އައްޔަން ކުރެއްވީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކަށީގެ ހާއްސަ ޑޮކްޓަރު މުހައްމަދު ހަބީބު އަދި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު މުހައްމަދެވެ. އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް ރައީސް ކަނޑައަޅުއްވާފައިވަނީ މުނައްވަރެވެ.

ރައީސްގެ ގަރާރުގައި އެ ކޮމިޝަންގެ މަސްއޫލިއްޔަތުތައް ވެސް ވަނީ ފާހަގަކުރައްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށާއި ކޮމިޝަންގެ ތަހުގީގުތަކަށް ދައުލަތުގެ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން
  • ކޮމިޝަނުގެ މަސައްކަތްތަކާއި ތަހުގީގުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި ރާއްޖެއިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން
  • ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން
  • ހައްޔަރު އަމުރާއި ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހާ ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން
  • ހާޒިރުކުރަންޖެހޭ ކަމަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުން
  • މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެ ނޫންވެސް ހެކި ހޯދުމާއި އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން
  • ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭ ގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައިވާ ނަމަ، އެ ތަހުގީގަކުން ނުވަތަ އެ ނޫންވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި ހެއްކާއި ގަރީނާތަކާއި އެނޫން ވެސް މައުލޫމާތު ހޯދުން

އެ ކޮމިޝަނަކީ، ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސް ކަނޑައެޅުމާ ހަމައަށް ދެމިއޮންނާނޭ ކޮމިޝަނެއް ކަމަށް އެ މަނިކުފާނުގެ ގަރާރުގައި ވަނީ ވިދާޅުވެފައެވެ.

އެ މައްސަލައިގެ ތަހުގީގަށް ރައީސް ކޮމިޝަނެއް އުފައްދަވާފައި މިވަނީ، ފުލުހުންގެ ތަހުގީގުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ. އަދި އެ މައްސަލައިގެ ތަހުގީގުގައި ފުލުހުން ގާނޫނާ ހިލާފަށް އަމަލުކުރިތޯ ބެލުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވެސް ފުލުހުންނަށް ވަނީ އަންގައިފަ އެވެ.

14 Comments

  • Mahuroo Aminath އޭޕްރިލް 27, 2025

    Konme kameh vaa irah commission eh ifedhdheema vanee keeh kameh adhi miveehaa thaakah neyge

  • Ahmed Faisal އޭޕްރިލް 27, 2025

    Gellun kandu hoadha ninmaalima araamu kohlan vaguthu kolheh ves nudhii thiyalii ehenka aneh commission ah. 😒

  • Farishath Fathimath އޭޕްރިލް 27, 2025

    Chagose raees thedheh ves nahadhaane vidhalhu vaa gothah report liyaane.

  • މުހައްމަދު ފަޒީލް އަހްމަދު އޭޕްރިލް 27, 2025

    ފުރަތަމަ ބަލަންވީ މުނައްވަރު އެއިނީ ތަނަކުން ވެއްޓިފަތޯ.
    އިންނެވި ގޮތުން މިހެން މި ބުނެވުނީ.

  • Ibrahim Adam އޭޕްރިލް 27, 2025

    Mikaleyge thahugeegu kuranee dhivehinnan kanduhoadhadhingothah

  • ޤައުމާއި ސިޔާސަތު އޭޕްރިލް 27, 2025

    ސިޔާސޭމެން މީ ވަރަށް ހެއްވާ ބައެއް. ބަޔަކު ނުކުމެ ކަމަކާ އަޑުގަދަކޮށް އެބައިގަނޑެއް ގިނަ ވެއްޖެއްޔާ ދެން ހޮރުތަކުން ނުކުމެ ޤައުމު ހަލަބޮލިކުރެވޭތޯ ބަލާނެ. އެހެންނޫނީ ޤައުމުގަ ހުރި ބޮޑެތި މައްސަލަތައް ހުންނަގޮތައް ހުންނައިރުވެސް ފެންނަކަމަކަށް ނުވޭ.

  • Hussain Mohamed އޭޕްރިލް 27, 2025

    Chagoas hoadha comition eh thie

  • Asad Shareef އޭޕްރިލް 27, 2025

    Gamuge zuvaan.jeelu halaakah vehti dhanee thauleemee nizaamaai thanfeezee idhaaraa thaakai verikamuga thibey isveringe akhulaagaai basmagaai siyaasathu failed ve aanmu veemaa!!!
    VERIN ZINMAA VAAN JEHEY

  • Zahira Hasan އޭޕްރިލް 27, 2025

    Chaagos bogos thiya dhinevee

  • Mausooma Saamee އޭޕްރިލް 27, 2025

    Kihaa bodu balaaeh.migaumuga fadiyaaruge thakuga boduthalhu alhuvan rayithun vee nikunnan adhul insaafu mulibey muvahsasaa thah uvaalaafa rares meehaa fadiyaarakan kuran veemun..rayithunge hazaanaain bodu musaara dheefa thibi meehunge beynumeh migaumah nufudhey..fadiyaarugethah bandhukoh fadiyaarun geyah fonuvaalaa

  • Asad Shareef އޭޕްރިލް 27, 2025

    Gamuge zuvaan.jeelu halaakah vehti dhanee thauleemee nizaamaai thanfeezee idhaaraa thaakai verikamuga thibey isveringe akhulaagaai basmagaai siyaasathu failed ve aanmu veemaa!!!
    VERIN ZINMAA VAAN JEHEY

  • Ummu Daanish Ummu Daanish އޭޕްރިލް 27, 2025

    Fenihjje thaa

  • Husinii Natt އޭޕްރިލް 27, 2025

    Asthaghfirulhlhaahi!!!
    Ithurah kiyaane eycheh nei!!!

  • Dhee Naa އޭޕްރިލް 27, 2025

    ފުލުހުންނަށްވުރެ މިކަހަލަ ސިޔާސީ މީހުންނަށް ތާއީދުކޮށް މިމީހުން ދައްކާ ވާހަކަ ގަބޫލުކުރާނީ ވަރަށް ނާތަހުޒީބު ބައެއް

Leave a Reply to ޤައުމާއި ސިޔާސަތު Cancel reply