އިންސާފުގެ ކުރިމަތީގައި އެއްވެސް މީހަކީ އެ މަނިކުފާނަށް މުހިންމު މީހެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވެފައި މިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. ފެންޓެނޯއީ ގޭގެ މަތިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓުނު ކަމަށް ބުނާ ހައްވާ ޔުމްނު ރަޝީދު، 21އ. ގެ މައްސަލައިގައި ފުލުހުންނާއި ސަރުކާރުން އަމަލުކުރަމުންދާ ގޮތާމެދު އާންމުންގެ ކަންބޮޑުވެ ސިލްސިލާ މުޒާހަރާތަކެއް ކުރަން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.
މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަތުމުގެ ކުރިން ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ކޮންމެ ކަމެއްގައިވެސް ބޭނުންފުޅު ވަނީ އިންސާފު ގާއިމު ކުރެއްވުމަށް ކަމަށާއި މި ސަރުކާރަކީ އަބަދުވެސް އިންސާފުގެ މަގުން ކަންކަން ކުރުމަށް ބާރު އަޅާނެ ސަރުކާރެއް ކަމަށެވެ.
އަދި އެ މަނިކުފާނަކީ އެއްވެސް އިރަކު އަނިޔާވެރިކަމާއި ތަފާތުކުރުން އިސްކުރެއްވި ބޭފުޅެއް ނޫން ކަމަށާއި ޔުމްނު ވެއްޓުނު ކަމަށް ބުނާ މައްސަލައިގައިވެސް އެ މަނިކުފާނުގެ ވިސްނުންފުޅު ހުރީ ކަމުގެ ހަގީގަތް ހޯދައި އިންސާފު ހޯދައިދިނުމަށް ކަމަށެވެ.
”އިންސާފުގެ ކުރިމަތީގައި އެއްވެސް މީހަކީ އަޅުގަނޑަށް މުހިންމު މީހެއް ނޫން. އެބަ ތުހުމަތުކުރެވޭ ވަކި ކަމެއް ފޮރުވަން އުޅޭކަމަށް. ޒުވާން ކުދިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އެބަހުރި މި ކަމުގައި. އަޅުގަނޑު ބޭނުންވަނީ ކުށްކުރި ފަރާތްތައް ހޯދައި، އެއީ ކޮންމެ ފަރާތެއްވިޔަސް ޤާނޫނުގެ ތެރެއިން އަދަބު ދިނުމަށް.“ ރައީސް ވިދާޅުވި އެވެ.

6 Comments
ގުޅުންހުރި
ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް ނަމުގައި އާ ކުންފުންޏެއް އުފައްދައިފި
މިހާތަނަށް 1.4 މިލިއަން ހައްޖުވެރިން ސައުދީއަށް އެތެރެވެއްޖެ
ދިވެހި ހުރިހާ ހައްޖުވެރިން މައްކާގައި، އެންމެންގެ ހާލުވެސް ރަނގަޅު
އަމިއްލަ ވިޔަފާރިތަކުން ނާޖާއިޒު ފައިދާ ނަގާފާނެތީ، ސަރުކާރުން ނަންބަރު އައިނުގެ ވިޔަފާރި
މާލޭގައި އުޅޭ ބޯހިޔާވަހިކަން ނެތް 18 އަހަރުން މަތީގެ އެންމެނަށް މި
ހެޔޮލަފާ ވެރިކަމެއްގެ ހަގީގީ މަންޒަރުތައް ދިވެހިންނަށް ފެނި މިދަނީ ކަށަވަރުވަމުން: ފަހުމީ