މި މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ އިން އެ ގެއާ ޖެހިގެން ހުރި ހ. މީޓާޒް ގޭގެ ގުދަނެއްގެ މައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ބަލައި ފާސްކުރި ގެތަކުން އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ޔުމްނު ވެއްޓުނު ރޭ އޭނާ އާއި އެ މައްސަލައިގައި ފުލުހުން ވަނަވަރު އާންމުކުރި މީހުން ފުރަތަމަ ދިޔައީ މއ. މާންދޫގޭގައި އޮތް ޕާޓީއަކަށެވެ. އެއީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދިރިއުޅުއްވާ ގެއެވެ. އެއަށްފަހު އެ މީހުން ދިޔައީ ސްޓެލްކޯ ކުރިމަތީގައި ހުންނަ ހ. ކަށިވެލި ގެއަށެވެ.
ފުލުހުން އެ ދެ ގެ ފާސްކުރާކަން ހާމަކުރީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޕްރެސްގައެވެ. އެއީ ޔުމްނު ވެއްޓުނު ކަމަށް ބުނާ ދުވަހުގެ ހަތް ދުވަސް ފަހެވެ.
ފުލުހުން މިރޭ ބުނީ ބަލައި ފާސްކުރި ގެތަކުން މައްސަލައާ ގުޅުން ހުރި އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށެވެ.
ފުލުހުން ވަނީ ޔުމްނުއާއެކު، އެރޭ އެންމެ ފަހުން ހަރަކާތްތެރިވި ރައުދު ޒިލާލް 21އ ހައްޔަރުކޮށް އޭނާގެ ފުރުން މަނާކޮށްފައެވެ. ކޯޓުން އޭނާގެ ބަންދަށް ދިނީ ފަސް ދުވަހެވެ. ފުލުހުން ވަނީ އެރޭ އެ މީހުންނާއެކު އުޅުނު އެހެން މީހުންގެ ފޯނުވެސް ހިފަހައްޓައި ފުރުން މަނާކޮށްފައެވެ. އެ މީހުންގެ ތެރޭގައި، ސިޔާސީ މަގާމުތަކުގައި މީގެ ކުރިން ތިބި މީހުންނާއި ސިޔާސީ ފަރާތްތަކުގެ އާއިލީ މީހުންވެސް ހިމެނެއެވެ.

61 Comments
ގުޅުންހުރި
އިޒްރޭލް ޕާސްޕޯޓް މަނާކުރުމަކީ ރައީސް މުއިއްޒުގެ ހިތްވަރުގަދަ ނިންމުމެއް: އަންވަރު
ރައުދުއާ އާއިލީ ގުޅުން އޮންނާތީ ކޮމިޝަނުން ހަބީބު އިސްތިއުފާ ދެއްވައިފި
މެލޭޝިއާއާ ގުޅިގެން ރާއްޖޭގައި ހަލާލް ޓޫރިޒަމް ފުޅާކުރަނީ
ރާއްޖެ ވަޑައިގަތުމަށް އަންވަރަށް ރައީސް ދައުވަތު ދެއްވައިފި
ޔާމީންގެ ދިފާއުގައި ހެކިބަސް ދޭން ނަރީޝް އާއި ޝުއާއުﷲ މިހާރު ބޭނުމެއް
ރާއްޖެއާއި މެލޭޝިއާއާއި ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ފަސް އެއްބަސްވުމެއްގައި