ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފި އެވެ.
އެޗްޑީސީން މިއަދު ބުނީ ”މައި ހުޅުމާލޭ ފެސްޓިވަލް“ގެ ނަމުގައި ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރަން ނިންމާފައިވާ ކަމަށާއި އެ ހަރަކާތް ކުރިއަށް ދާނީ އަންނަ މޭ 10 އިން ފެށިގެން އެއް ހަފުތާގެ މުއްދަތަކަށް ކަމަށެވެ.
”މައި ހުޅުމާލޭ ފެސްޓިވަލް“ ގެ ތެރެއިން އެކި ދުވަސްތަކަށް ބަހާލައިގެން ހުރިހާ އުމުރުފުރާތަކަށް ހާއްސަ އެކި ކަންކަން ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އޭގެ ތެރޭގައި ފޮޓޯ ނެގުމުގެ މުބާރާތަކާއި އާއިލީ ކާނިވަލަކާއި ހުޅުމާލޭ ޑިސްކައުންޓު ވީކާއި ގެލްޓު ކޭމްޕަކާއި ހުޅުމާލޭ ސްޓޯރީ ފޮޓޯ ވޯކެއްގެ އިތުރުން ބީޗް ފެސްޓެއް އޮންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި، މަސް ރޭހެއްގެ އިތުރުން ސައިކްލިން ޗެމްޕިއަންޝިޕެއް ބޭއްވުމަށް ވެސް ވަނީ ނިންމައުފަ އެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ހިއްކުމަށް ފަހު، އެ ރަށުގައި މީހުން ދިރިއުޅެން ފެށީ މޭ 12، 2004 ގަ އެވެ.

ގުޅުންހުރި
މި އަހަރު 800 އެއްހާ މަޝްރޫއު ކޮންޓްރެކްޓްކުރާނެ: ރައީސް
ރައީސް މުލި އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވައިފި
ތިން ރީހެބިލިޓޭޝަން ސެންޓަރެއް ރިމާންޑު ފެސިލިޓީގެ ގޮތުގައި ކަނޑައަޅައިފި
ފޭސް ދޭއްގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި
ސަޓާ 2025ގެ އިވެލުއޭޝަން ނޭޕާލްގައި ފަށައިފި
ކުޅުދުއްފުށީ ޕޯޓް ބޮޑުކުރުމުގެ މަޝްރޫއު އެމްޕީއެލްއާ ހަވާލުކޮށްފި