ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އާސަންދަ ދިނުމާމެދު ދެވަނަ ވިސްނުމަކަށްދާން ޖެހޭ ކަމަށް ކުޑަހުވަދޫ ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ހަމީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ހުސައިން ހަމީދު ވިދާޅުވީ ސަރުކާރުން ހާމަކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އާސަންދައިން އެންމެ ބޮޑު ހަރަދެއް ކުރަނީ ގައިންގަޔަށް ނާރާ ބަލިތަކަށް ކަމަށާއި ގައިންގަޔަށް ނާރާ ބަލިތަކުގެ ބޮޑު އިންސައްތައަކީ ދުންފަތާ ގުޅިގެން ޖެހޭ ބަލިތައް ކަމަށް ވެސް ސަރުކާރުން ހާމަކޮށްފައިވާ ކަމަށެވެ.
”އެހެންވީމާ ހަގީގަތުގައި އަޅުގަނޑުމެންގެ ޓެކްސް ފައިސާއިން ކުރާ ހޭދަ މިއަށް ވުރެ ޒިންމާދާރު ކަމާއެކު ކުރަން އެބަ ޖެހޭ، އަޅުގަނޑު ބައެއްފަހަރު ހިތަށް އަރާ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ނޫނީ އެ ބޭފުޅުންނަށް އާސަންދަ ދިނުމާމެދު އަޅުގަނޑުމެން ކީއްވެ ބާއޭ ނުވިސްނަނީ،“ ހުސައިން ހަމީދު ވިދާޅުވި އެވެ.
”މިއީ ހަގީގަތުގައި ވެސް ދެ ފަހަރަށް ކުރެވޭ ހަރަދެއް، ދުންފަތަށް ހަރަދުކޮށްފައި އާސަންދައަށް އަޅުގަނޑުމެން މި ހަރަދު ކުރަނީ،“
މަގުތައް މަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ފުށުން އެހެން މީހުންނަށް އުނދަގޫ ޖެހުން ކަމަށް މެންބަރު ވިދާޅުވި އެވެ.




15 Comments
ގުޅުންހުރި
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި
ހުއްދަނެތި ވީއައިއޭގައި ވިޔަފާރިކުރާ ނަމަ، ފިޔަވަޅު އަޅާނެކަމުގެ އިންޒާރު
އެމްޑީޕީގެ ޗެއާޕާސަންކަމަށް ރީކޯ މޫސަގެ ޝައުގުވެރިކަން
ފުނަދޫ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ޓެސްޓު ފްލައިޓް ޖައްސައިފި
އުމްރާގެ އަޅުކަމަށް ގޮސްހުރި ދިވެއްސަކު ހާޓް އެޓޭކެއް ޖެހި ނިޔާވެއްޖެ
ރުގްޔާގެ ނަމުގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ދެ މީހަކަށް ހުކުމްކޮށްފި