އޯގަސްޓް 17, 2025

އަޅުގަނޑަށް ނުފޫޒެއް ނުފޯރުވޭނެ، ނުފޫޒު ފޯރުވަން އުޅެފިނަމަ އިސްތިއުފާ ދެއްވާނަން: މުނައްވަރު

އޭނާއަށް ނުފޫޒެއް ނުފޯރުވޭނެ ކަމަށާއި އެއްވެސް މީހަކު މަސައްކަތައް ނުފޫޒު ފޯރުވަން އުޅެފިނަމަ ރިޔާސީ ކޮމިޝަނުން އިސްތިއުފާ ދެއްވާނެ ކަމަށް ކޮމިޝަންގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކޮމިޝަނުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުނައްވަރު ވިދާޅުވީ ކޮމިޝަންގެ މަސައްކަތް ކުރިއަށް ގެންދާނީ އާންމުންގެ ”ސެންޓިމެންޓަށް“ ބަލައިގެން ކަމަށާއި މިނިވަންކަމާ އެކު ކަމަށެވެ.

ރިޔާސީ ކޮމިޝަނުގެ މަސައްކަތް މިނިވަންކޮށް ގެންދެވޭނެ ކަމުގެ އުންމީދު އޮތް ނަމަވެސް، ކަމެއް ވަކި ގޮތަކަށް ކުރަން އެއްވެސް ޕްރެޝަރެއް އަތުވެއްޖެނަމަ މަގާމުގައި ނުހުންނާނެ ކަމަށެވެ.

”މި މަސައްކަތް ކުރިއަށްގެންދިޔުމުގައި އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް، ފުރިހަމައަށް ވަރަށް މިނިވަންކޮށް ގެންދެވޭނެ ކަމަށް. ދެން މިނިވަންކޮށް، އެނގޭތޯ މިކަން ނުގެންދެވޭ ކަމަށްވެއްޖެއްޔާ، އެއްވެސް ފަރާތެއްގެ ނުފޫޒަށް އެނގޭތޯ،“ މުނައްވަރު ވިދާޅުވި އެވެ.

”އަޅުގަނޑުމެންނަށް ފެންނަ ގޮތް ނޫން ގޮތަކަށް ނުފޫޒަށް ކަމެއް ނިންމަން ޖެހޭ ގޮތަށް ޕްރެޝަރެއް އަތުވެއްޖެއްޔާ އަޅުގަނޑު އިސްތިއުފާ ދޭނަން ވަގުތުން.“

މުނައްވަރު ވިދާޅުވީ މައްސަލައިގައި އިންސާފު ހޯދަން ކޮމިޝަނުން މަސައްކަތް ކުރައްވާނެ ކަމަށާއި މައްސަލައިގައި ފުލުހުންގެ ފަރާތުން އިހުމާލެއް ވެފައި އޮތްކަން އެނގޭ ހިސާބުން ކޮމިޝަނުން ވަގުތުން އެ ކަމަށް ފިޔަވަޅު އަޅާނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

3 Comments

  • Abdul Latheef Ahmed އޭޕްރިލް 30, 2025

    Thiya vidhaalhuvee Mihaathah isthiufaa dheefa Ethibee Nufooz foruvaathee ey tha

  • Ahmed Shujaau އޭޕްރިލް 30, 2025

    Laari hurihaaves ehchakee thimeehun guduvaalan

  • Raz Usman އޭޕްރިލް 30, 2025

    🃏 🤡

Leave a Reply