މެއި 10, 2025

އިޒްރޭލުގެ އެކި ހިސާބުތަކުގައި އަލިފާން ރޯވެ އަނދަނީ، ކޮންޓްރޯލް ކުރަން ނުކުޅެދިފައި!

އިސްރާއީލުގެ އެކި ހިސާބުތަކުގައި އަލިފާން ރޯވެ ހަލުވިކަމާއެކު އަލިފާންގަނޑު ފެތުރެން ފަށައިފި އެވެ.

ފަޔާ އެންޑް ރެސްކިއު ސަރވިސްއިން ބުނީ ގުދުސް ފަރުބަދަތަކުގެ މަދުވެގެން 5 ތަނެއްގައި އަލިފާނުގެ ހާދިސާތައް ހިނގަމުންދާތީ އިތުރު ސަރަހައްދުތައް ހުސްކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ނެވޭހް ޝަލޯމް، ބެކޯއާ، ތާއޯޒް، ނަޗްޝޮން އަދި މެސިލަތު ޓްޒިއަންގެ މުޖުތަމައުތައް ވަނީ ލަތުރުންގައި ހުންނަ އަސްކަރީ ހަނދާނީ ބިނާއާއި ކައިރީގައި ހުރި މޮނަސްޓްރީއާ އެކު ވަނީ ހުސްކޮށްފަ އެވެ.

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އަލިފާން ނިއްވުމުގައި އެހީތެރިވުމަށް އިޓަލީ އާއި ކްރޮއޭޝިއާއިން އަލިފާން ނިއްވާ ތިން މަތިންދާ ބޯޓެއް ފޮނުވާނެ ކަމަށް ބުނެފަ އެވެ. އިޒްރޭލުން ވަނީ ގްރީސް، ސައިޕްރަސް އަދި ބަލްގޭރިއާ އިންވެސް އެގލ ގައުމަށް އެހީވުމަށް އެދިފައެވެ.

އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަލިފާން ގަނޑު ކޮންޓްރޯލް ކުރުމަށް 120 ފަޔާ އެންޑް ރެސްކިއު ސާވިސް އިން އެތައް ޓީމަކާއި މަތިންދާ ބޯޓުތަކާއި ހެލިކޮޕްޓަރުތައް ވަނީ މޮބިލައިޒް ކޮށްފައެވެ. ނަމަވެސް އެކަމަށް ވަނީ ނުކުޅެދިފަ އެވެ.

އަލިފާނުގެ ހާދިސާގައި 13 މީހުން ޒަޚަމްވެފައިވާއިރު އެއްވެސް މީހަކު މަރުވި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ

9 Comments

  • Hawwa Abdul Azeez މެއި 1, 2025

    Alhamdhulillah Allah Akbar

  • Maryam Yumna މެއި 1, 2025

    Kobaa baa baarugadha America

  • Ali Ashraf މެއި 1, 2025

    Alhamdhulillah 🤲

  • Ramziyya Mohamed މެއި 1, 2025

    Alhamdhulillah
    Alhamdhulillah

  • Sharu Saeed މެއި 1, 2025

    Alhamdhulillah

  • Fathimath Binth Ibrahim މެއި 1, 2025

    Aameen .nulafa meehun nethikuravvashi Aameen

  • Raahath Naseer މެއި 1, 2025

    Alhamdhulillah

  • Imraan Adam މެއި 3, 2025

    Alhamdhulillahi

  • Aish Aishoo މެއި 4, 2025

    Alhamdulillah

Leave a Reply to Fathimath Binth Ibrahim Cancel reply