ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގެ ނޯޓިސް އޭނާއަށް ފޮނުވައިފި އެވެ.
އެނގިފައިވާ ގޮތުގައި އަމީންއަށް 14 ދުވަހުގެ ނޯޓިސް ފޮނުވައި ވަކިކުރުމުގެ ޖަލްސާ ބޭއްވުމަށް ތާވަލުކޮށްފައި ވަނީ މެއި 15، ގަ އެވެ.
އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ ޕީޖީ ގްރޫޕުންނެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެފައިވަނީ އެ މައްސަލަ ހުށަހެޅީ ޕީޖީ ގްރޫޕްގައި ވަރަށް ބޮޑަށް މަޝްވަރާ ކުރުމަށްފަހު 12 މެމްބަރުންގެ ސޮޔާއެކު ކަމަށެވެ.
އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން މި މަހުގެ 18 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި މިނިސްޓަރު އަމީނަށް ކުރާ ތުހުމަތުތަކާ ގުޅިގެން ކަމަށް ނާޒިލް ވިދާޅުވި އެވެ.
ޕާޓީގައި ޔުމްނުއާ އެކީ އުޅުނު މީހުންގެ ވަނަވަރު އާންމުކޮށް، އެ މީހުންގެ ޕާސްޕޯޓް ހިފެހެއްޓީ ވެސް ފުލުހުންގެ ޖިނާއީ ތަހުގީގުތަކުގެ ޑިޕާޓްމަންޓް ހިންގާ އިމާރާތް ދޮށަށް ކޮންމެ ރެއަކު ޒުވާނުން އެއްވެ މުޒާހަރާކުރަން ފެށި ހިސާބުންނެވެ.
ތަހުގީގަށް އަމީންގެ ނުފޫޒު ފޯރާފައިވާ ކަމުގެ ތުހުމަތު އަމާޒުވަނީ އެ ކަމާ ގުޅުވަ އެވެ. އޭގެ ފަހުން އެނގުނު ގޮތުގައި އަމީން ވެސް ދިރިއުޅުއްވާ މއ. މާންދޫގެދެކުނުގޭގެ ސީސީޓީވީ ފުޓޭޖުތައް ވެސް ފުލުހުންނަށް ނުލިބޭ ކަމެވެ. ފުލުހުން ބުނެފައިވަނީ ގޭގެ ވެރިފަރާތުން ކެމެރާ ހަލާކުވެފައިވާ ކަމަށް ބުނި ކަމަށެވެ.
ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ހެންވޭރު ޕޮލިސް ސްޓޭޝަން ސަރަހައްދުގައި ކޮންމެ ރެޔަކު ބާއްވަމުންދާ ސިލްސިލާ އެއްވުމުގައި ވެސް ބައެއް މީހުން ވަނީ، އެ މައްސަލައިގެ ތަހުގީގަށް އަމީން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް، އޭނާ މަގާމުން ވަކިކުރުމަށް ގޮވާލައިފަ އެވެ.




ގުޅުންހުރި
މުޒާހަރާއާ ގުޅިގެން މައުރޫފް ހިމެނޭހެން އަށް މީހެއްގެ މައްޗަށް ދައުވާކޮށްފި
މުޒާހަރާގެ މައްސަލައިގައި މައުރޫފް ހިމެނޭހެން އިތުރު ދެ މީހަކަށް ދައުވާކުރުމަށް ޕީޖީއަށް
ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ވިހާފައި މަގުމައްޗަށް ދޫކޮށްލި ނިޒާމެއް: ޝިޔާމް
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
ދެ އިންތިހާބު އެއްކޮށްލާ ވޯޓު ހުއްޓުމަށް އެމްޑީޕީން ކޯޓަށް