އެންމެ ނުބައިވެގެންވާ މީހުންގެ ތެރޭގައި އެ މީހެއްގެ ގައުމު ހަރާބުކޮށް ގައުމުގެ އަމާންކަން ނަގާލާ މީހޭ ހިމެނޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ހުތުބާ ހާއްސަ ކޮށްފައިވަނީ ”ތިޔަބައިމީހުންނީ ލޯބިވާ އަޚުންތަކެއްކަމުގައިވާށެވެ“ މައުލޫގެ މައްޗަށެވެ.
ހުތުބާގައި ބުނީ الله سُبْحَانَهُ وَتَعَالَى އެކަލާނގެ ކަލާމްފުޅުގައި، އަޅުތަކުންނަށް އަމުރުކުރައްވައިފައިވަނީ، ކިޔަމަންގަތުމާއި ހެޔޮ ޢަމަލުތަކުގައި ކުރިއަރައިދިއުމަށެވެ. އަދި އެއްބައިވަންތަވުމަށާއި ގުޅިގެން އުޅުމަށް ކަމަށެވެ. ބައިބައިވުމާއި ދެބަސްވުންތައް ވަނީ ނަހީކުރައްވައިފައި ކަމަށް ހުތުބާގައި ބުންޏެވެ.
”އެންމެ ނުބައި މީހަކީ، އެ މީހެއްގެ ގައުމު ހަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގައިލައި، މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާއެވެ. ދެބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް، ގައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެ“ ހުތުބާގައި ބުންޏެވެ.
ހަރުކަށިކަމާއި ނަފުރަތުން މީސްތަކުން ދީނާ ދުރުކުރާ މީހުންނާއި، މީސްތަކުންނާ ހުތުރު ބަހުން މުހާތަބުކޮށް އަނިޔާވެރިވާ މީހުންނާއި، މީސްތަކުންގެ ހިތްތަކުގައި ނަފުރަތުގެ އޮށްތައް އިންދައި، އެބައިމީހުންގެ ބަދަހި ސަފުތައް ވިސްސިވިހާލި ކޮށްލާ މީހުންނާއި، ތަންދޮރު ނުދަނެ ތިބެ، ފަތުވާ ދިނުމަށް އަވަސްވެގަންނަ މީހުންނާއި، އަނިޔާވެރިކަމާއި ފާޖިރުކަމުގެ ސަބަބުން ސީދާ މަގު ގެއްލިފައިވާ ބަޔަކަށް ވެސް ގައުމު އެއްގަލަކަށް ނޭރުވޭނެ ކަމަށް ހުތުބާގައި ބުންޏެވެ.
މުސްލިމުން ބައިބައިކޮށް ދެކޮޅުވެރިކަން އުފައްދާ މީހުންނާ މެދު ބިރުވެތިވާން ހުތުބާގައި ވަނީ ގޮވާލައިފަ އެވެ.
ތިބާއަށް ލިބިގެންވާ ހެޔޮ ކަން ހަމައެކަނި ތިބާއަށް ލިބިގެންވާ އެއްޗެއް ކަމުގައި ނުހަދާ ނުދަންނަ މީހުންނަށް އުނގަންނައިދޭންވާނެ ކަމަށް ހުތުބާގައި ބުންޏެވެ. ހާޖަތްތެރީންނާއި ފަގީރުންނަށް ޖާހާއި މާލުން އެހީތެރިވެ ބޮޑެތި މީހުންނަށް އިހުތިރާމް ކުރަންވާނެ ކަމަށް ހުތުބާގައި ބުންޏެވެ.




20 Comments
ގުޅުންހުރި
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!
އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށައިފި، ބޮޑު އިނާމަކަށް އެއް ލައްކަ
ބުރިޖުގެ މަރާމާތުގެ މަސައްކަތަކަށް މިރޭ 11:45 އިން ފެށިގެން އެއް ލޭނު
ސިނގިރޭޓު ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން ދިހަ މީހަކަށް ދައުވާކޮށްފި
ވައިގެމަގުން އެތެރެކުރަން އުޅުނު ދެ މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި
5 މަސް ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރަށް 500 މީހުން