އެ މަނިކުފާނު އާރަށަށް ވަޑައިގެންފައިވަނީ 116 ފަހަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެ މަނިކުފާނު ވިދާޅުވީ އާރަށަށް ވަޑައިގަންނަވަނީ ފުޓްބޯޅަ ކުޅެން ކަމަށެވެ.
”އަޅުގަނޑު އެމްއެންޑީއެފް އިން މައުލޫމާތު ނަގައިގެން ބަލައިލިއިރުގަ، ޖުމްލަ މިއަދާ ހަމައަށް އަޅުގަނޑަށް ދެވިފަ ވަނީ 116 ފަހަރު. ދެން މީގެތެރެއިން 85 ފަހަރު ގޮސްފަ ވަނީ ހަމައެކަނި ފުޓްބޯޅަ ކުޅެން،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ އާއިލާއާ އެކު އާރަށަށް މިހާތަނަށް ވަޑައިގަތީ 31 ފަަހަރު ކަމަށެވެ. ފުޓުބޯޅަ ކުޅުއްވަން އާރަށަށް ވަޑައިގަންނަވާ ބައެއް ހުކުރު ދުވަސްތަކުގައި ވެސް އާއިލާގެ ބޭފުޅުން އާރަށަށް ވަޑައިގެންފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
”އެހެންވީމާ، ފެމިލީ އެކަނި، ކުޅުމަކާ ނުލައި ގޮސްފައި އުޅެވިފައި ހުރީ ވޭތުވެދިޔަ 532 ދުވަހުގެ ތެރެއިން 31 ފަހަރު. އެހެންވީމާ އެ ދެއްކެވޭ ވާހަކަ އެހާ ރަނގަޅެއް ނޫން،“ ރައީސް ވިދާޅުވި އެވެ.

2 Comments
ގުޅުންހުރި
ގާނޫނޫ އޮތް ގޮތުގެ ސަބަބުން އޭޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާބޭހެއް އެތެރެ
މި ސަރުކާރު ވައްޓާލެވޭނެ ވަރުގެ ފަނިތައް ވިހާނީ ޕީއެންއެފްގެ ހާލުން: ޔާމީން
ނާޒިމްގެ އަނބިކަނބަލުން ސީއެސްސީއަށް އައްޔަންކުރަނި
އެސްޓީއޯ އާއި މަކިޓާގެ ގުޅުމަށް 25: މަކިޓާގެ ޕްރޮޑަކްޓްތަކުން 25 ޕަސެންޓް
އެމްޑީޕީގެ މަގުސަދަކީ މުއައްސަސާތަކައް އައްޔަން ކުރަން ފޮނުވާ މީހުންގެ އަބުރު ކަތިލުން:
މަގު ހެދުމުގެ މަސައްކަތަށް ބޮޑުތަކުރުފާނުގެ މަގުގެ އެއް ބަޔާއި ފަޅުގެ ބައެއް