ފުލުހުންގެ ހޯމިސައިޑް އިންވެސްޓިގޭޝަން ނުވަތަ މަރުތަކުގެ މައްސަލަ ބެލުމަށް އޮންނަ ޔުނިޓްގެ ވެރިޔާ، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު އެ މަގާމުން ވަކިކޮށް އެހެން މަގާމަކަށް މިއަދު ބަދަލުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ސާމިހު އެ މަގާމުން ވަކިކުރީ މިއަދެވެ. އެ މަގާމުން އޭނާ ވަކިކުރެއްވުމަށްފަހު ވަނީ އެހެން ޑިޕާޓްމެންޓަކަށް ބަދަލުކޮށްފަ އެވެ.
ސާމިހު ބަދަލުކޮށްފައިވަނީ ފުލުހުންގެ ތަހުގީގުތަކުގެ ފެންވަރު ބަލާ ޑިޕާޓްމެންޓަށެވެ.
ރާއްޖޭގައި ހިނގާފައިވާ ބޮޑެތި މަރުތަކުގެ ތަހުގީގުގައި އިސްކޮށް ހަރަކާތްތެރިވަމުން އައި ސާމިހު އިންވެސްޓިގޭޝަން ހެޑްގެ މަގާމުން ވަކިކޮށްފައި މިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގައި އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ އާއިލާ އެކަމަށް ޑިމާންޑް ކުރަމުން ދަނިކޮށެވެ.
އުމުރުން 21 އަހަރުގެ ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރުމުގައި ސާމިހު އިސްކޮށް ހުންނެވިއިރު، އެ ތަހުގީގާ މެދު ބޮޑެތި ސުވާލުތައް ވަނީ އުފެދިފަ އެވެ. އެ ތަހުގީގުގެ ކުރީކޮޅު ފުލުހުން އަމަލުކުރި ގޮތާމެދު ކަންބޮޑުވުންތައް އޮތްއިރު، އެކަން ބެލުމަށް ރިޔާސީ ކޮމިޝަނެއް ވެސް ވަނީ އެކުލަވާލައިފަ އެވެ.




1 Comment
ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް