ސިހުރު ހަދާކަމުގެ ތުހުމަތުގައި ނ. ވެލިދޫ މީހަކު ރ. ރަސްގެތީމުން ބާލުވައިފި އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ރަށުގެ ރައްޔިތުން ސިހުރު ހަދާ ކަމަށް ތުހުމަތުވާ މީހުން ރަށުން ބާލަން އުޅުމުން، ފުލުހުން ވަނީ އެކަން ހުއްޓުވައި ފުލުހުން ހިމާޔާތުގެ ދަށުން އެ މީހާ ރަށުން ބާލުވައިފައި ކަމަށެވެ.
އެ ހާދިސާ ހިނގީ އިއްޔެގެ ވަގުތެއްގައި ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެ ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އެއިން ފެންނަނީ އެރަށުގެ ބަނދަރު މަތިން ފުލުހުން މީހަކު ގޮވައިގެން އަންނައިރު، ގިނަ އަދަދެއްގެ މީހުން ވެސް އަޑުގަދަ ކުރަމުން އަންނަ ތަނެވެ.
އެވަގުތު ބަނދަރުމަތިން އެއްކޮށް ކަރަންޓުދާ މަންޒަރު ވެސް ވީޑިއޯއިން ފެނެ އެވެ. އަދި އެ މީހާ ގެނެސް ލޯންޗަކަށް ލުމުން އެ ލޯންޗު ފުރާ މަންޒަރު ވެސް ފެނެ އެވެ.




1 Comment
ގުޅުންހުރި
ޖިންސީ ފުރައްސާރަކުރިކަން ސާބިތުވުމުން، ފެރިދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި
އަނބިމީހާއަށް 15،000 ރުފިޔާ ދޭންޖެހޭ، އަތަކު އެކައްޗެއް ވެސް ނޯވޭ: އައްބާސް
ނައިބު ރައީސުންގެ އިނާޔަތަށް ޝަރުތު ހަމަވަނީ ފައިސަލް އެކަނި
ކުރީގެ ނައިބު ރައީސުންނަށް މަހަކު 25,000ރ. އިނާޔަތެއް ދޭން ސަރުކާރުގެ ފަރާތުން