ހެރިޓޭޖް މިނިސްޓްރީއަށް 30،000 ރުފިޔާގެ މުސާރައާއި އިތުރު އިނާޔަތް ލިބޭ ގޮތަށް ރިސާޗަރެއް ހޯދަން އިއުލާންކޮށްފި އެވެ.
އެ މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ އެ މަގާމުގެ މުސާރައަކީ މަހަކު 25،000 ރުފިޔާ ކަމަށާއި ރިސާޗް އެލަވަންސްގެ ގޮތުގައި މަހަކު 5،000 ރުފިޔާ ލިބޭނެ ކަމަށެވެ. މި ވަޒީފާގެ އެއްބަސްވުމުގެ މުއްދަތަކީ ދެ އަހަރު ކަމަށް މިނިސްޓްރީން ބުންޏެވެ.
މި މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:
- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން ދެ މާއްދާއިން ދަށްވެގެން ’ޑީ‘ ގްރޭޑް ލިބިފައިވުން
- ’ސެކެންޑަރީ ސްކޫލް‘ ނުވަތަ ’ހަޔާ ސެކަންޑަރީ ސްކޫލް‘ ސެޓްފިކެޓް އިމްތިހާނުގައި ’ދިވެހި‘ މާއްދާއިން ދަށްވެގެން ’ސީ‘ ގްރޭޑް ލިބިފައިވުން
- ދިވެހިވަންތަކަމުގެ ބަހާތައް ދިރާސާކުރުމަށް ޝައުގުވެރިމުވާއެކު މަދުވެގެން 3 އަހަރު ދުވަހުގެ އިދާރީ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން
- ދިވެހިބަހާއި އިނގިރޭސި ބަހުން ލިޔަން ކިޔަން އަދި ޕްރެޒެންޓޭޝަން ހުށަހަޅަން އެނގޭ ފަރާތެއް ކަމުގައިވުން
- އުމުރުން 35 އަހަރުން ދަށުގެ މީހަކަށް ވުން
އެހާ ބޮޑު މުސާރައެއްގައި އެހާ ދަށް ފެންވަރުގެ ރިސާޗަރެއް ހޯދަން އިއުލާން ކުރުމުން ބައެއް ފަރާތްތަކުން ވަނީ މިނިސްޓްރީއަށް ފާޑު ކިޔައިފަ އެވެ.

4 Comments
ގުޅުންހުރި
ނޭދެވޭ ކަންކަމުން ކުޑަކުދިން ދުރުހެލިކޮށް ރީތި ނަމާނޫ ދައްކަންޖެހޭ: ރައީސް
މޯލްޑިވްސް 2.0 ބޭނުމަކީ އީ ވޯޓިންއެއް ނޫން“ އިހުސާން
ސަރުކާރުގެ ތިންބައިކުޅަ އެއްބައި މުވައްޒަފުން ގެއިން މަސައްކަތްކުރާ ގޮތަށް ބަދަލުކުރަނީ
މޯލްޑިވްސް 2.0 ރައީސް އިފްތިތާހުކޮށްދެއްވައިފި
ފުލުހުން މެލޭޝިއާގައި، އެކަމަކު އަދިވެސް ޔުމްނު ބަޔާނެއް ނުނަގާ
ނަމާދު ގާއިމުކުރުމަކީ މަރު އަމާންވާ ކަމެއް، ކަށަވަޅުގެ އެކަނިވެރިކަމުންނާއި އަޒާބުން ސަލާމަތްވާނެ