މެއި 9, 2025

”ޔުމްނު ބުނީ އަމިއްލައަށް ނުވެއްޓޭ ކަމަށް، މީ ބަޔަކު ކުރިކަމެއް ކަމަށް، މަރުވާން ދޫކޮށްލީ“

ބުރުޒުމަގުގައި ހުންނަ ހ. ފެންޓޯނިއޯ ގެއިން އަމިއްލައަށް ފުންމާލީ ނޫން ކަމަށާއި، އޭނާ ބަޔަކު ވައްޓައީލީ ކަމަށް އާއިލާ ގާތު، އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ބުނެފައިވާކަމަށް އާއިލާއިން މިރޭ ބުނެފިއެވެ.

ޔުމްނުގެ އާއިލާގެ ފަރާތުން އޭނާގެ ދައްތަ ”ޗެނަލް13“ އަށް މިރޭ ދިން އިންޓަވިއެއްގައި ބުނީ ފެންޓެނޯއީ ގެއަކީ ޔުމްނު ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށާއި އެރޭ ޔުމްނު އެ ގެއަށް ދިޔައީ އެ ހާދިސާ ހިނގި ރޭ އެ ގެއަށް ދިޔައީ މި މައްސަލައާ ގުޅިގެން ފުލުހުން ފުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ މީނާޒު، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު އޭނާއަށް ލޮކޭޝަން ފޮނުވާ ދިން ދައުވަތަކަށް ކަމަށް ޔުމްނު ބުނެފައިވާ ކަމަށް އޭނާގެ ދައްތަ ބުންޏެވެ.

”އެކަމަކު ޔުމްނު އަޅުގަނޑުމެންނަށް ކިޔައިދީފި މިއަދު، އެ ގެއަކީ ޔުމްނު ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށް. އަދި އެ ގެއަށް އިންވައިޓް ކޮށްފައިވަނީ ޔައްސާރު ކަމަށް. ގޭގެ ލޮކޭޝަން ވެސް ފޮނުވީ ޔައްސާރު. ދެ ގެއަށް ވެސް ދިޔައީ ޔައްސާރުގެ އިންވިޓޭޝަންއަކާ އެކީގައި،“ ޔުމްނުގެ ދައްތަ ބުންޏެވެ.

އެ ގޭގައި ރައުދުގެ އިތުރުން ހަތަރު މީހަކު އެ ވަގުތު ތިބި ކަމަށް ޔުމްނު ބުނިކަމަށް އޭނާގެ ދައްތަ ކިޔައިދިނެވެ. ނަމަވެސް އެ ހަތަރު މީހުންނަކީ ކޮބައިކަން ހާމައެއް ނުކުރެ އެެވެ.

ޔުމްނުގެ ދައްތަ ބުނި ގޮތުގައި، އޭނާ ވެއްޓުނީ އަމިއްލައަށް ނޫން ކަމަށާއި، މިއީ ބަޔަކު ކުރި ކަމެއް ކަމަށް ވަނީ ބުނެފައެވެ. އަދި އިންސާފު ލިބިދާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް ވެސް ޔުމްނު ބުނެފައިވާ ކަމަށް ދައްތަ ބުންޏެވެ.

”އެ ވީ ކަމަކީ، ޔުމްނުގެ އަނގައިގެން ބުނެފައިވަނީ، އެފަދަ ކަމެއް އަމިއްލައަށް ނުކުރަމޭ. އަޅުގަނޑު އަމިއްލައަށް ނުވެއްޓެމޭ،“ ޔުމްނުގެ ދައްތަ ބުންޏެވެ.

”އެތަނުގައި ޔައްސާރު، ރައުދުގެ އިތުރުން ވެސް އިތުރު ހަތަރު މީހުން ހިމެނޭ. އެހެންވިމަ މޯލްޑިވްސް ޕޮލިސް ސާވިސްއިން ހަދަމުންދިޔަ ދޮގުތަކާއި ދެން އެހެން ތަންތަނުން ހަދަމުންދިޔަ ދޮގުތަކުގެ އަސްލު ކިޔައިދޭން އައިސް މި ހުރީ.“

ޔުމްނު ވަނީ މި މައްސަލައިގައި އޭނާއަށް އިންސާފު ލިބޭނެތޯ ފަހު ބަހެއްގެ ގޮތުގައި އަހައިފައު ކަމަށް އޭނާގެ ދައްތަ ބުންޏެވެ.

”އެންމެ ފަހު ބަހަކަށް ޔުމްނު ބުނެފައިވަނީ، އަޅުގަނޑު ކައިރީގައި، އިންސާފު ލިބޭނެހޭ، ޔަގީންހެއްޔޭ އިންސާފު ލިބޭނެކަން. މިއީ އަމިއްލައަށް ކުރި ކަމެއް ނޫނޭ، މިއީ ބަޔަކު ކުރި ކަމެކޭ. އޭނަ އެތަނަށް މަރަށް ދޫކޮށްލީ ބަޔަކުއޭ. އޭނަ އަމިއްލައަކަށް ނޫނޭ އެކަން ކުރީ،“ ދައްތަ ބުންޏެވެ.

ޔުމްނުގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި ފުލުހުން ހަދަނީ ދޮގެވެ. އަދި މި ހާދިސާގައި އެންމެ ބޮޑު މައްސަލައަކީ ބަޔަކު މި ކަން ކުރުމަށްފަހު ޔުމްނު މަރުވާން، ފުރާޅު މައްޗަށް ދޫކޮށްލުމެވެ.

”މަރަށް ދޫކޮށްލައިފައި އެ ފުރާޅުގަނޑު މަތީ އެ ކުއްޖާ އޮތީ ކިހާ އިރަކުކަމެއް އެނގޭނީ ހަމަ އެ މީހުންނަށް. މަރަށް ދޫކޮށްލައިފައި ވެސް ދިޔައީ އެ މީހުން،“ ޔުމްނުގެ ދައްތަ ބުންޏެވެ

 ”ޔުމްނު ބުނީ އަމިއްލައަށް ނުވެއްޓޭ ކަމަށް، މީ ބަޔަކު ކުރިކަމެއް ކަމަށް، މަރުވާން ދޫކޮށްލީ“

6 Comments

  • Sinan Lih މެއި 9, 2025

    Ebayaku ge nanves haama kohllaba

    • Hayath Binth Moosa މެއި 9, 2025

      Sinan Lih nan nukiyaa adhi eh meehunah… 😅 bakari kathilaagen nan kiyan vee…

  • Dhee Naa މެއި 9, 2025

    Emme fahun Umnu mivee 100% innocent meehakah. Yumnu Innocent kamah bunanee mulhin ves sarukaaraa dhekolhu faraai thakun. Mives varah aadhayaa hilaaf kameh. Yumnu ah insaafu hoadhan nikume ulhenee ves fikuruge gothun idhikolhaa gulhun onna faraai thah. Mives iththifaageh. Dhen Yumnu ge aailaain bunaa komme baeh rayyaharumen thedhukoffa , fuluhun bunaa komme echeh dhogu koffa varah salhi dramma eh thee.

  • Ahmed Midshan މެއި 9, 2025

    Adhi dhahtha bunane yumnu thy nufsany golae k ves 😂

  • Faathumathu Jesika މެއި 9, 2025

    Masthu vegen group hadhaagen faahis kan thah kuraa mudhudhaaru rudhi kaalheh bunaa ehcheh qabool kuran heyo nuvaane

  • Nabee މެއި 9, 2025

    Amilla akah nooney vettuny…boigen amalu vefa huri varun vaanuvaaga hure fuhmaali

Leave a Reply to Hayath Binth Moosa Cancel reply