ނޭދެވޭ ކަންކަމުން ކުޑަކުދިން ދުރުހެލިކޮށް ރީތި ނަމާނޫ ކުޑަކުދިންނަށް ދައްކަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އެގޮތަށް ވިދާޅުވީ މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅިގެން ޚިތާބުގަ އެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ހަތަރުބައި ކުޅަ އެއްބަޔަކީ ކުޑަކުދިން ކަމަށްވާއިރު، އެކުދިން ތައްޔާރުވަމުން ދަނީ މުސްތަގުބަލުގައި ގައުމުގެ ކަންކަމާ ހަވާލުވާން ކަމަށެވެ.
”ހަރުދަނާ ޖީލެއްގެ ގޮތުގައި އެ ކުދިން ބޮޑެތިކޮށް، ދިވެހީންގެ ސިޔާދަތާއި، ކަރާމާތާއި، ތަމައްދުން ނަގަހައްޓަން އަރަފޯދޭ ބަޔެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައި އޮތް އެންމެ އިސް ގައުމީ ވާޖިބެވެ،“ އެ މަނިކުފާނު ވިދާޅުވި އެވެ.
ތުއްތު ކުއްޖާ ދުނިޔެއަށް އުފަންވަނީ ފިތުރަތުގެ ސާފުކަން މަތީގައި ކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެ ކުއްޖާގެ އުޅުމާއި އަގީދާ ބައްޓަންވަނީ ބެލެނިވެރީން ދިން ތަރުބިއްޔަތެއްގެ މައްޗަށް ކަމަށެވެ.
މިގޮތުން، ކޮންމެ ދުވަހަކުވެސް ބޭނުންތެރި އާ ކަންކަން ދަސްކުރުމާއި، ފަރުޟު ފަސްނަމާދު ކުރުމާއި، ދީނަށް ހުރުމަތްތެރިކޮށް ހިތުމާއި، ދިވެހި އާދަކާދަތަކަށް އަހުލުވެރިވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.




3 Comments
ގުޅުންހުރި
ހުޅުމާލޭ ރައްޔިތުންގެ ރައްކާތެރިކަމަށް އެޗްޑީސީން ވަކި ސެކިއުރިޓީ ހިދުމަތެއް
ސިޑްނީގެ ބޮންޑީ ބީޗުގައި ބަޑި ޖަހައި މަރާލި މީހުންގެ އަދަދު 15
ރައީސް ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ނަޝީދު، ސަރުކާރަށް: ހިޔާލުފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތްތައް ހުއްޓާލާ!
ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް، ސަމާލުވޭ!
މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި އެމްޑަބްލިޔުއެސްސީން ބައިވެރިވެއްޖެ