ރާއްްޖެއިން ކޮރަޕްޝަން ނައްތާލުމަށް ކުރަމުންދާ މަސައްކަތައް އިދިކޮޅު ސިޔާސީ ލީޑަރުން ހަދަނީ ކީއްވެތޯ ސުވާލު ކުރައްވައި ކޮރަޕްޝަން ނައްތާލުމަށް އެ މަނިކުފާނުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އިދިކޮޅު ފަރާތްތަކުން ބައިވެރިވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
މޯލްޑިވްސް2.0 އީ ވޯޓިން ތައާރަފުކޮށް ވޯޓު އޮޅުވާލުމަށް ހިންގާ ޖަރީމާއެއްގެ ގޮތުގައާއި އެއީ ސްކޭމެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.
އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ”މޯލްޑިވްސް 2.0″ގެ ނަމުގައި ސަރުކާރުން ހަދަމުންދާ ދޮގުތައް ރައްޔިތުން ބޭނުންނުވާ ކަމަށާއި، ރައްޔިތުން ބޭނުންވަނީ އިންސާނީ ކަރާމަތާއި، ހައްގުތައް ކަށަވަރު ޑިމޮކްރަޓިކް ދިރިއުޅުމެއް ކަމަށެވެ.
”ބޭސް ގުޅައެއް ހޯދަން ވާނުވާގައި، ރަށު ތަރައްގީ ވާނުވާގައި. އަދުލު އިންސާފާއި ސްޕްރީމް ކޯޓް ވާނުވާގައި އޮންނަ، 2.0 ރާއްޖެއެއް ދިވެހި ރައްޔިތުން ބޭނުމެއް ނޫން،“ ޝާހިދު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު ކަމަށާއި ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މައުލޫމާތު (ޑޭޓާ) ގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިއްބައިދޭ ނިޒާމެވެ.
އަދި މި ނިޒާމުގެ ތެރެއިން، ރައްޔިތުންނަށް ދެ ފުށް ފެންނަ އަވަސް، ލުއި ފަސޭހަ، މަތީ ފެންވަރުގެ ހިދުމަތެއް ގާއިމުކުރުމުގެ އިތުރަށް، ކޮރަޕްޝަން މަދު ގައުމުތަކުގެ ލިސްޓުގައި ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދިޔުމާއެކު ޕްރެސް ފްރީޑަމް އިންޑެކްސްގައި ވެސް ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
”މިއީ ރައްޔިތުން އެދޭ އަމާޒު. މި އަމާޒަށް ވާސިލް ވުމަށް ކުރާ ދަތުރުގައި، އަޅުގަނޑުމެން ކުރިޔަށް ދާނީ ރައްޔިތުންނާ ގާތުން، ރައްޔިތުންނާ އެކު. މި ދަތުރުގައި ޒިންމާދާރުކަމާއެކު ބައިވެރިވުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކަށްވެސް ގޮވާލަން،“ އެ މަނިކުފާނު ގޮވައިލެއްވި އެވެ.

11 Comments
ގުޅުންހުރި
މާލޭ ގެއެއްގައި ތެރޭގައި ރަހީނުކޮށްފައި ހުރި ބިދޭސީއަކު ސަލާމަތްކޮށްފި
ޕީއެންސީން ވަގު ފޯމު ހުށަހެޅި ކަމުގެ ހެއްކެތް ނެތް: ފުލުހުން
ފުވައްމުލަކާއި އައްޑޫގައި ނުރައްކާތެރި ދެ އެކްސިޑެންޓް އިއްޔެ ހިނގައިފި
ކައުންސިލު އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގެ ބޮޑު ޕަސަންޓެއް ޒުވާނުންނަށް
ހަ މަސްތެރޭ ޕީއެންސީން 300 މެންބަރުން ވަކިވި!
އިންވެސްޓްކުރާ މަހުޖަނުންނަށް ރާއްޖޭގައި ދިރިއުޅެން އަގުބޮޑު ގެ އާއި ލުއިތައް ހޯދައި