މާލޭގެ ފިހާރައަކުން ފައިވާނެއް ވަގަށް ނެގި ޒުވާނަކު މުޖުތަމައުގެ ސަލާމަތަށްޓަކައި ފަސް ދުވަހަށް ބަންދުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ފުވައްމުލަކު، އުޑުވިލާގެ، އިބްރާހިމް ރާޒީ (30އ) އެވެ. ފުލުހުން އޭނާއަށް ކުރަނީ ވައްކަންކުރުމުގެ ކުށުގެ ތުހުމަތެވެ.
ފުލުހުން އޭނާ ހައްޔަރުކޮށް މިދިޔަ ހުކުރު ދުވަހު އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ ބަންދަށް ފަސް ދުވަސް ޖަހައިފަ އެވެ.
އަމުރުގައިވާ ގޮތުން އޭނާގެ ބަންދަށް ފަސް ދުވަސް ޖެހީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ އޭނާގެ ސަބަބުން މުޖުތަމައުގެ ސަލާމަތައް ނުރައްކާވެދާނެތީ ކަމަށެވެ.
އޭނާއަކީ މަސްތުވާތަކެއްޗާ ވައްކަމުގެ ރިކޯޑު އޮންނަ މީހެއްކަން އަމުރުގައި ބަޔާންކޮށްފައިވެ އެވެ.
ފުލުހުން އިބްރާހިމް ރާޒީ ހައްޔަރުކުރީ ފައިވާނެއް ވަގަށް ނަގައިގެން ވަދުފޮށި ކިޔާ ފިހާރައެއް ކައިރީގައި ވިއްކަން ހުއްޓާ ބަޔަކު ރިޕޯޓު ކުރުމާ ގުޅިގެންނެވެ. ފުލުހުން ކައިރީ އިބްރާހިމް ރާޒީ ބުނެފައިވަނީ އެއީ އެ ގޭގައި ހުރި ކުނި ކޮތަޅަކުން ނެގި ފައިވާނެއް ކަމަށެވެ.
ނަމަވެސް އޭނާ އެ ގެއަށް ވަންނަން ޖެހުނީ ކޮން ސަބަބަކާ ގުޅިގެން ކަމަށް ނުބުނެ އެވެ.




3 Comments
ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
ގެއެއްގެ ރުކަކުން ވަގަށް 26 ކުރުނބާ އެޅި މީހަކު ޖަލަށް ލާން
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި