މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހެދި ”އޮޅުހިޔާ“ އަށް އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ފެސިލިޓީއަށް ނޮން ރިކަރެންޓް ހަރަދުގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.
”އަދި ފެސިލިޓީގައި 2000 ބުޅަލަށް މަހަކު ހަތް ލައްކަ ރުފިޔާ ހަރަދުވާނެ. އަދި ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދުވާނެ. އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ. ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ހަރަދުވާނެ. އަދި ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަލަކަށް އަހަރަކު 5416 ރުފިޔާ ހަރަދުވާނެ،“ މާރިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބުޅާ ފެސިލިޓީ މިނިސްޓްރީގެ ދަށަށް ގެންދިޔައީ އެތަން އަޅަން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފައި އޮތް ތާރީހު ހަމަވެގެންދިޔަ އިރުވެސް އެތަނުގެ މަސައްކަތްތައް ނިމިފައި ނުވާތީ ކަމަށެވެ. އަދި އެތަން ހުޅުވި އިރުވެސް ހުރީ ބުޅާތައް ގެންގޮސް ބެލެހެއްޓޭނެ ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ބުޅާ ފެސިލިޓީގައި މި ވަގުތު 30 ބުޅާ ދަނީ ބަލަހައްޓަމުންނެވެ.




16 Comments
ގުޅުންހުރި
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ
އިންޑިއާގައި ނަމާދަށް އިން މީހެއްގެ ގައިގާ ތަޅައި އަނިޔާކުރާ ވީޑިއޯއެއް