ދުންފަތް އަގުބޮޑުކޮށް، އެ ބޭނުންކުރުން ސަރުކާރުން މަނާކުރާތީ ދުންފަތް ވިއްކާ މީހުން ތިބީ އެ މަނިކުފާނު ދެކެ ހިތްހަމަނުޖެހިފައި ކަމަށާއި ނަމަވެސް އެކަމަށް ފަރުވާލެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އެންމެންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް، ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ތަސްދީގު ކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
އެ މަނިކުފާނު ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ސަރުކާރުގެ ހިސާބުގައި މަސައްކަތްތަކެއް ކުރެވިފައި ނެތް ކަމަށާއި އެ ސިޔާސީ ވިސްނުން ނެތް ކަމަށެވެ. އަބަދުވެސް އިސްކުރެވެނީ ސިޔާސީ ގޮތުން އެންމެ ރައްކާތެރި ގޮތް ކަމަށާއި ގައުމާއި ރައްޔިތުންގެ ހެވާއި ލާބައަށް އިސްކަން ދީގެން މަސައްކަތެއް ކޮށްފައި ނެތް ކަމަށްވެސް ވިދާޅުވި އެވެ.
”އަޅުގަނޑަށް މުހިންމީ ހަގީގީ ހައްލު ގެނެސްދޭން. އަޅުގަނޑާ ދޭތެރޭ މިކަމުގައި ހިތްހަމަނުޖެހޭ މީހުން އެބަ ތިބި. ހާއްސަކޮށް ދުންފަތުގެ ތަކެތި ވިއްކާ ފަރާތްތައް ވަރަށް ހިތްހަމަނުޖެހިފައި ތިބީ. އަޅުގަނޑަށް ފަރުވާލެއް ނެތް. މައްސަލައެއް ނެތް އެކަމުގައި. އަޅުގަނޑު އެ ބޭފުޅުންނަށް ދަންނަވާނީ ތި ބޭފުޅުންނަށްވެސް ރަނގަޅު ގޮތަކީ މިއޭ. ތިޔަ ވިޔަފާރިން ދުރަށް ވަޑައިގަންނަވާށޭ!،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ދުންފަތުގެ ވިޔަފާރިއަކީ އެ މަނިކުފާނު ތަރުހީބު ދެއްވާނެ ވިޔަފާރިއެއް ނޫން ކަމަށާއި ދުންފަތާ ދުރުވުމުން ރާއްޖޭގައި އުޅޭ ފަސް ލައްކައެއްހާ އާބާދީ ސަލާމަތް ކުރެވިއްޖެ ނަމަ ގައުމާއި މުސްތަގުބަލަށް އެ ކޮށްދެވުނީ ވަރަށް ބޮޑު ކަމެއް ކަމަށެވެ.




36 Comments
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު