ދުންފަތާ ދެކޮޅަށް މި ސަރުކާރުން އަޅަން ފެށި ފިޔަވަޅުތަކުގެ ސަބަބުން މަގުމަތީގައި ހިނގާފައިދާއިރު މޫނަށް ދުން ބުރުވައިގެން ލިބޭ އުދަނގޫތައް އިހުސާސްވާ މިންވަރު ކުޑަ ވެއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އެންމެންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިއަކު ވަނީ އާންމު ތަންތަނުގައި ދުންފަތް މަނާކުރުމަކީ މަނާކަމަކަށްވާއިރު އެކަން ތަންފީޒު ކުރެވޭތަން ނުފެންނަ ކަމަށާއި އެކަމުގެ ޝަކުވާވެސް ބޮޑު ކަމަށެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައީ އެފަދަ ޝަކުވާތަކަށް ހައްލު ގެނައުމަށް ކަމަށެވެ.
”އަޅުގަނޑުމެންނަށް ވަރަށް ރިޕޯޓް ލިބޭ މިހާރު ތި ވިދާޅުވި )މޫނަށް ދުންބުރުވުން) ކަންތައް އެކްސްޕީރިއަންސް ކުރެވޭ މިންވަރު ކުޑައޭ މަގުމަތީގައި މިހާރު. މަގުމަތީގައި ދަރިފުޅު ގޮވައިގެންދާއިރު މޫނަށް ދުން ބުރުވައިގެން ނުވަތަ އެ ލިބޭ އުދަނގޫ އިހުސާސްވާވަރު ކުޑަ މިހާރު،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ގާނޫނުގައި ބުނާ ކަންކަން ތަންފީޒު ކުރުމަށް މުއައްސަސާތައް ވަރުގަދަ ކުރުމަކީ ކުރައްވާނެ ކަމެއް ކަމަށެވެ.

29 Comments
ގުޅުންހުރި
މާފަރުގެ އިހުތިސޯސުން ފަރުމުލި ވަކިކޮށް، ޓޫރިޒަމަށް ހުޅުވާލައިފި
މިނިވަން ދުވަސް ފާހަގަކުރަން 28 ޖުލައި ބަންދުކޮށްފި
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ރަށްރަށުގެ މީހުންނަށް ފައިސާގެ އިނާމެއް ދެނީ
ޔުމްނު ވެއްޓުން: ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓް އާންމުކުރަން ރައީސް އަންގަވައިފި
މިއަދު މި ދެކެނީ މާ އުފާވެރި ވެރިކަމެއް: ނާޒިމް
އިޒްރޭލުން އިރާނަށް ދިން ހަމަލާތައް ރައީސް މުއިއްޒު ކުށްވެރި ކުރައްވައިފި