ޖުލައި 12, 2025

ފުލުހުންގެ އިހުމާލުން ރައުދު ބަންދުން ދޫވެއްޖެ

މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ފުލުހުން ހައްޔަރުގައި ހުރި ރައުދު އަހްމަދު ޒިލާލް، ފުލުހުންގެ ބަންދުން މިއަދު ދޫކޮށްލައިފި އެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެ އިން ޖެހިގެން ހުރި ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އެ މަހުގެ 24 ވަނަ ދުވަހު އެެވެ.

ރައުދު ހައްޔަރުކޮށް މިހާތަނަށް ތިން ފަހަރަށް ބަންދު އިތުރުކޮށްފައިވެ އެވެ. އެގޮތުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފުރަތަަމަ ޖެހީ ފަސް ދުވަހެވެ. އެ ފަހުން ރައުދުގެ ބަންދަށް 10 ދުވަސް ޖެހިއިރު އެންމެ ފަހުން އޭނާގެ ބަންދަށް މި މަހު 10 ވަނަ ދުވަހު ކޯޓުން ޖެހީ ފަސް ދުވަހެވެ.

އެ މުއްދަތު ހަމަވާތީ މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ވަނީ އަނެއްކާވެސް ރައުދުގެ ބަންދު އިތުރުކުރަން ކޯޓަށް ހާޒިރުކޮށްފަ އެވެ. އެފަހަރު ކޯޓުން ވަނީ ރައުދުގެ ބަންދަށް 20 ދުވަސް ޖަހައިދީފަ އެވެ.

ފުލުހުން މިއަދު ހެނދުނު ރައްދު ބަންދުން ދޫކޮށްލިއިރު، ރައުދުގެ ފަރާތުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އަދި ހައިކޯޓުން ވަނީ އެ މައްސަލައިގެ އަޑުއެހުން މިއަދަށް ތަވާލުކޮށްފަ އެވެ.

ރައުދު ބަންދުން ދޫކޮށްލުމުން އޭނާ ވަނީ އިސްތިއުނާފީ މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބުނެ ކޯޓަށް ސިޓީ އެއް ފޮނުވައިފަ އެވެ. އެހެންވެ ހައިކޯޓުން މިއަދު ވަނީ އެ އިސްތިއުނާފީ މައްސަލަ ބާތިލުކޮށްފަ އެވެ.

”ހަފްތާ“އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި ފުލުހުުން ރައުދު ދޫކޮށްލީ އިޖުރާއަތްތަކާ ހިލާފަށް ކޯޓުން ރައުދުގެ ބަންދު ޖަހާފައިވާތީއާއި އޭނާ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާތީ އެވެ. ހައިކޯޓުން އެ މައްސަލައިގައި ރައުދު ބަންދުން ދޫކޮށްލަން އަމުރުކޮށްފި ނަމަ ދެން ފުލުހުންނަށް ރައުދު އަލުން ހައްޔަރު ނުކުރެވޭނެ ކަމުގެ އިހުތިމާލު އޮތުމަކީ ވެސް ރައުދު ބަންދުން ދޫކުރި ސަބަބެއް ކަމަށެވެ.

ހައިކޯޓުން ރައުދު ދޫކޮށްލަން އަމުރުކުރުމުން ފުލުހުން ރައުދ ދޫކޮށްލުމަށްފަހު ހައްޔަރުކުރާއިރު އަލުން ހުރިހާ އިޖުރާއަތްތަކެއް ހިންގަން ޖެހޭނެ ކަމަށެވެ.

10 Comments

  • Uhuthu Uhutha މެއި 22, 2025

    Ihmaaley ,boduge dharin na mohu goi

  • Mohamed Ibrahim މެއި 22, 2025

    Kon ihumaalah dhoo kohlan baynunveem dhookohlee

  • Ameen Faisal މެއި 22, 2025

    Kos nugova, thiy hama ekan raavaafa oi goi.

  • Shareefa Manike މެއި 22, 2025

    Abadhuves fuluhunge ihumaalu

  • Ahmed Zuhair މެއި 22, 2025

    Handhaanethive thalhu nulevunee dhow?
    Bixi koh ulhey iru evaru ge ihumaaleh hingaafaane thaa.

  • Abraham Lincan މެއި 22, 2025

    Drama

  • Ahmed Hameed މެއި 22, 2025

    Sarukaaruge presaraahedhi dhookollee

  • Aroo Sha މެއި 22, 2025

    ފުލުހުންގެ އިދާރާ އަކަށް އިތުބާރެއް ނުކުރޭ ރައްޔިތުން.

  • Mariyam Saeedha މެއި 22, 2025

    Kusheh kurikan saabithu nuvanyaa dhoo kohllan jeheyne .

  • Noo Ali މެއި 23, 2025

    Passport ready vee thiya .. dhen othee furuvaalun !! Huh
    Thi drama rayyithu enmennah ves ingey

Leave a Reply to Abraham Lincan Cancel reply