ފާއިތުވީ ހަފުތާތަކުގައި ކޮވިޑް-19 ރޯގާ ޖެހިގެން ރިޕޯޓުކުރެވުނު މިންވަރު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން މިއަދު ބުނީ، ކޮވިޑް ރޯގާގެ ކޭސްތައް ރިޕޯޓު ކުރެވުނު މިންވަރު މި ފަހުން އިތުރުވެފައިވާ ކަމަށެވެ. އަދި މި ދުވަސްވަރު އާންމުކޮށް ފެތުރޭ ވައިރަލް ރޯގާއާއި ޑެންގޫ އަދި އިންފްލޫއެންޒާގެ ކޭސްތައް ވެސް ގިނަ އަދަދަކަށް ރިޕޯޓުކުރެވުމުންދާ ކަމަށް ބުންޏެވެ.
އެޗްޕީއޭ އިން ބުނީ، ބަލިތަކުގެ ހާލަތު ވަރަށް ގާތުން މޮނިޓާކޮށް، އިތުރު ތަފުސީލު ހާމަކުރަމުން ގެންދާނެ ކަމަށެވެ. އަދި ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އިތުރަށް ސަމާލުވުމަށް އިލްތިމާސް ކުރި އެވެ
ކޮންމެ އަހަރެއްގެ ވެސް ވިއްސާރަ މޫސުމާ ދިމާކޮށް ބަލިތައް ފެތުރުން ވަރަށް ބޮޑަށް އިތުރުވެ އެވެ.

10 Comments
ގުޅުންހުރި
ނޫސްވެރިންނަށް ”އަނިޔާވެރިކޮށް މަރުގެ އަދަބުދޭން“ ގޮވާލުމުން މައާފަށް އެދެން ގޮވާލައިފި
ރަސްމާލެ ހިއްކާތީ އެ ސަރަހައްދުގައި ޑައިވް ނުކުރަން އެދިއްޖެ
އެމްޑަބްލިޔުއެސްސީން ކުމުންދޫގައި ގާއިމުކުރި ފެނާއި ނަރުދަމާގެ ނިޒާމު އިފުތިތާހުކޮށްފި
ހުޅުމާލެއިން މީހަކު ގެއްލިގެން ހޯދަނީ
ނޫސްވެރިން ދެކޮޅު ހަދަމުން ދަނިކޮށް މީޑިއާ ކޮންޓްރޯލް ބިލު މަޖިލީހަށް ބަލައިގެންފި
މުޒާހަރާއިން ހައްޔަރުކުރި ނޫސްވެރިން ދޫކޮށްލައިފި