ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.6 ކިލޯގެ ޑުރަގް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނީ، އެ ތަކެތި އަތުލައިގަތީ ވައިގެ މަގުން ރާއްޖެ އެތެރެކޮށްފައިވާ ޝިޕްމަންޓެއްގައި ޑުރަގް ހުރި ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން މިރޭ އެ ޝިޕްމަންޓް ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
އެގޮތުން އެ ޝިޕްމަންޓުން ފެނިފައިވަނ މެތަމްފެޓަމައިން ނުވަތަ މެތު ކަމަށާއި އެ ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 7.2 މިލިއަން ދިވެހި ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އަތުލައިގެން ޑުރަގް ފުލުހުންނާ ހަވާލުކުރި އިރު، މި ޝިޕްމަންޓް ގެނެސްފައިވަނީ ކޮން ކުންފުންޏަކުން ކަމެއް އަދި ނޭނގެ އެވެ.



