ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަގުސަދުގައި ބާއްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ނުވަތަ މޯލްޑިވްސް އެކްސްޕޯ 2025ގެ ސަރުކާރު ކުންފުނިތަކުގެ ބައިން އެއްވަނަ ސްޓެލްކޯއަށް ލިބިއްޖެ އެވެ.
މޯލްޑިވްސް އެކްސްޕޯގެ އިނާމު ދިނުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯއަށް އެ އިނާމު ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އިނާމާ ހަވާލުވެވަޑައިގަތީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ އެވެ.
މި އެކްސްޕޯގައި ސްޓެލްކޯ އިން ދައްކާލާނީ އެ ކުންފުނިން އަލަށް ތައާރަފުކޮށްފައިވާ ’ރީޖަނަލް ސްކާޑާ‘ ނިޒާމެވެ. މިއީ ސްޓެލްކޯގެ ދަށުން ހިންގާ ހުރިހާ ރަށެއްގެ ކަރަންޓު އުފެއްދުމާ ގުޅޭ އެންމެހާ ކަންކަން މޮނިޓާކޮށް ބެލެހެއްޓުމަށް ތައްޔާރުކޮށްފައިވާ ހާއްސަ ނިޒާމެކެވެ.
އެގޮތުން އެ ނިޒާމާއެކު ކަރަންޓު ހިދުމަތުގައި ދިމާވާ މައްސަލަތައް އަވަހަށް ދެނެގަނެވި އެ މައްސަލަތައް ރަނގަޅުކުރުމަށް ފަސޭހަވާނެ އެވެ. އަދި ކުއްލި ކުއްލިއަށް ކަރަންޓު ކެނޑުން މަދުކުރެވި، މުސްތަގުބަލުގައި ކަރަންޓަށް ބޭނުންވާނެ މިންވަރު ލަފާކުރަން ފަސޭހަވާނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
އެ ކުންފުނިން ބުނީ، އެ ކާމިޔާބީއަކީ ސްޓެލްކޯގެ ހުރިހާ މުވައްޒަފުންގެ މިންނެތް މަސައްކަތާއި ވަފާތެރިކަމުގެ ނަތީޖާ ކަމަށެވެ. އަދި އެ ކާމިޔާބީގައި ހުރިހާ މުވައްޒަފުންގެ ދައުރެއްވާ ކަމަށްވެސް ބުންޏެވެ.
ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ވިޔަފާރި ފުޅާ ކުރުމުގެ މަގްސަދުގައި އިކޮނޮމިކް މިނިސްޓްރީ އާއި ބީސީސީ ގުޅިގެން ބާއްވާ މޯލްޑިވްސް އެކްސްޕޯ ކުރިއަށްދަނީ މިރެެއިން ފެށިގެން މި މަހުގެ ނިޔަަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.

1 Comment
ގުޅުންހުރި
ކަނޑައެޅި ވަގުތުގެ ކުރިން ކަރަންޓުގެ ހިދުމަތް އާންމުހާލަތަކަށް، ފަހުމީގެ ޝުކުރު މުވައްޒަފުންނަށް
މާދަމާ މާލެއާއި ހުޅުމާލެއިން އެއް ގަޑިއިރަށް ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ގަޑިއިރެއް ތެރޭ ކަރަންޓު ދީފި
1 ޖޫންގައި މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލައިގެ ތަހުގީގު އަދިވެސް
މައްސަލަ ހައްލުކޮށް، މުޅި މާލެ ސަރަހައްދަށް އަލުން ކަރަންޓު ދީފި
ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓް ދެވިއްޖެ: ސްޓެލްކޯ