އެމެރިކާގެ އަލްބަނީގެ ނިއުސް އެންކަރެއް ހަބަރު ކިޔަން އިންދާ އޭނާގެ ފެންދުލި ފަޅައިގެން ގޮސްފި އެވެ.
ސިބީއެސް6ގެ އެންކަރު، އޮލިވިއާގެ ފެންފުލި ފަޅައިގެން ދިޔައިރު އޭނާ ވިހަން ދިން މުއްދަތު ފަހަނައަޅައި ދެ ދުވަސް ވަނީ ވެފަ އެވެ. ފެންދުލި ފަޅައިގެން ގޮސް ކޮންޓްރެކްޝަަންސް އަންނަމުން ދިޔައިރުވެސް އޮލިވިއާ ވަނީ ލައިވްކޮށް ހަބަރުތަކުގެ ސުރުހީތައް ހުށަހަޅައި ދީފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިދިޔަ ބުދަ ދުވަހު ހިނގި އެ ހާދިސާގައި އޮލިވިއާ ހޮސްޕިޓަލަށް ދިޔައީ ތިން ގަޑިއިރުގެ ދިގު ލައިވްއެއް ނިންމާލުމަށް ފަހު އެވެ.
ޖެހިގެން އައި ދުވަހު އޮލިވިއާ ވަނީ އޭނާއަށް ފިރިހެން ދަރިއަކު ލިބިފައިވާކަން އިއުލާނު ކޮށްފަ އެވެ.
އޮލިވިއާ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ، ފެންދުލި ފަޅައިގެން ދިއުމުންވެސް ހަބަރު ކިޔުން ކުރިއަށް ގެންދިޔައީ ހޮސްޕިޓަލުގައި ހާސްވެގެން އިނުމަށްވުރެ ނިއުސް ޓީމާއެކު އެ ވަގުތު ހުރުމުން ކޮންސްޓްރެކްޝަން މެނޭޖްކުރަން ފަސޭހަވުމުން ކަމަށެވެ.



