ކާ އެއްޗިއްސަށް އޯޑަރު ކުރުމަށްފަހު، އެ އެއްޗިއްސަށް ފައިސާ ދެއްކި ކަމަށް ބުނެ ފޭކު ސްލިޕް ފޮނުވި މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ގ. ސިނަމާލެ 1 13-05 ޒައިދާން މުހައްމަދު ހާޝިމް، 28އ. އެވެ.
ފުލުހުން ބުނީ، އޭނާ ހައްޔަރުކުރީ ތަފާތު އެކި ދުވަސްމަތިން ”ފުޑީސް ޑެލިވަރީ“ އަށް ކާ އެއްޗިއްސަށް އޯޑަރުކޮށް، ހިދުމަތް ހޯދުމަށްފަހު ފައިސާ ދެއްކި ކަމަށް ބުނެ ފޭކު ސްލިޕްތަކެއް ހަދައި ”ފުޑީސް ޑެލިވަރީ“ އަށް ފޮނުވާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ފުލުހުން ބުނީ، ޒައިދާން އަކީ މަކަރާއި ހީލަތުގެ ކުށުގެ އަމަލު ހިންގާފައިވާ ކަމުގެ ކުށުގެ ރެކޯޑް އޮންނަ މީހެއްކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ޒައިދާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރަން ވަނީ އަމުރުކޮށްފަ އެވެ.

9 Comments
ގުޅުންހުރި
ފޭކު ސްލިޕު ފޮނުވައިގެން ޒައިދާންއާއި އޭނާގެ އަންހެނުން ހައްޔަރުކޮށްފި
މާލޭ ގެއެއްގެ ދެވަނަ ބުރިން އަންހެނަކު ވެއްޓި ފަރުވާދެނީ
އެކްސިޑެންޓެއްވުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި
ފިހާރައެއް ފަޅާލައި ވަގަށްނެގި ތަކެތި ވަޅުލައިފައި ހުއްޓާ ހޯދައިފި
މަޖިލީހުގެ 65 މެންބަރަކާއި ސިފައިންނާއި ފުލުހުންގެ 80 ޕަސެންޓް ޖެމްކިއު ބޭނުންކުރޭ:
ރައުދު ރާއްޖެއިން ބޭރަށް ފުރި ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި