ރާއްޖޭގައި ކެންސަރު ބަލީގެ ފަރުވާ އިތުރަށް ހަރުދަނާކުރުމަށްޓަކައި އޮންކޮލޮޖީ ނަރުހުންނަށް އަމާޒުކޮށް ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.
ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްއާ ގުޅިގެން އެސްޓްރަޒެނެކާ އަދި އެސްޓީއޯ އިން ’އޮންކޮލޮޖީ ނާސަސް އެކްސެލެންސް‘ (ONE)‘ ގެ ނަމުގައި 17 އޭޕްރީލް 2025 ގައި ފެށި އެ ޕްރޮގްރާމުގެ މަގުސަދަކީ ކެންސަރު ބައްޔަށް ފަރުވާދިނުމުގައި އޮންކޮލޮޖީ ނަރުހުން އަދާކުރާ މުހިންމު ރޯލު ފާހަގަކޮށް، އެކި އިދާރާތަކުގެ އެއްބާރުލުމާއެކު އޮންކޮލޮޖީ ދާއިރާއަށް އަންނަމުންދާ ޒަމާނީ ކުރިއެރުންތަކާ އެއްވަރަށް ރާއްޖެ ތައްޔާރުކުރުމެވެ.
ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާދޭ ހުރިހާ މައިގަނޑު ހޮސްޕިޓަލުތަކެއްގެ ނަރުހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމް އެކުލެވިގެންވަނީ މައިގަނޑު ހަތަރު ސެޝަނެއްގެ މައްޗަށެވެ. މިހާތަނަށް ނިމިފައިވާ ދެ ސެޝަނުގެ ތެރެއިން، އެންމެ ފުރަތަމަ ބޭއްވި ސެޝަންގައި 55 ނަރުހުން ބައިވެރިވި އެވެ، ދެވަނައަށް ބޭއްވި ސެޝަންގައި ޖުމުލަ 59 ނަރުހުން ބައިވެރިވި އެވެ.
ޕްރޮގްރާމް އާ ގުޅޭގޮތުން ކެންސަރު ސޮސައިޓީގެ ރިޕްރެޒެންޓޭޓިވްއެއް ވިދާޅުވީ، އޮންކޮލޮޖީ ނަރުހުންނަކީ ބަލިމީހާއާއި އެ މީހާއަށް ދޭ ފަރުވާއާ ދެމެދު އޮތް ގުޅުމެއް ކަމަށާއި ބޭސްފަރުވާގެ އިތުރުން ކެންސަރު ބައްޔާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، ބަލިމީހުންނަށް ނަފްސާނީ ގޮތުންވެސް އެހީތެރިކަން ފޯރުކޮށްދޭ ބައެއް ކަމަށެވެ.
”ONE ޕްރޮގްރާމަކީ މި ފަރާތްތަކުގެ މުހިންމުކަން ވަޒަންކުރައްވައި، އޮންކޮލޮޖީ ނަރުހުން ތަރައްގީކުރުމަށްޓަކައި ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.“ އޭނާ ވިދާޅުވި އެވެ.
އެސްޓީއޯ އިން ބުނީ، އެ ކުންފުނީގެ އަމާޒަކީ ކެންސަރު ބައްޔާ ގުޅޭގޮތުން މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކޮށް، އެ ބަލީގެ ފަރުވާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރުން ކަމަށެވެ.

ގުޅުންހުރި
ގައުމުގެ މައްސަލަތައް ހައްލުކުރަން ވަކި މީހެއްގެ މޫނަށް ކަނދުރާ އަކަށް ނުބަލާނަން:
ސިފައިންގެއަށާއި ފުލުހަށް ވައްދާ ޕްރޮގްރާމަށް 650 އަށްވުރެ ގިނަ ކުދިން ހުށަހަޅައިފި
ގޭންގު ކުށްތައް ހައްލު ނުވެ އޮތީ ކުރީގެ ސަރުކާރުތަކުން އެކަން ކުރާން
ކާ އެއްޗިއްސަށް އޯޑަރު ކުރުމަށްފަހު ފޭކް ސްލިޕް ފޮނުވާ މީހަކު ހައްޔަރަށް
ޣައްޒާ ޑޮކްޓަރެއްގެ 10 ކުދިންގެ ތެރެއިން 9 ކުދިން އެއް ދުވަހެއްގައި
25.5.25 : މިއަދު އެކަނިވެސް 59 ކައިވެނި، އަހަރުގެ ރެކޯޑެއް!