މީހުން މެރުމާއި ރޭޕްގެ ކުށުގައި އެތައް އަހަރަކަށް ޖަލަށް ލާފައި ހުރި ކުރީގެ ޕޮލިސް ޗީފަކު ޖަލުން ފިލައިފި އެވެ.
އާކަންސަސް އާއި މިސޫރީ ބޯޑަރު ކައިރީގައި އޮންނަ ގޭޓްވޭ ނަމަކަށް ކިޔާ ކުޑަ ސަހަރެއްގެ ޕޮލިސް ޗީފަކަށް ކުރިން ހުރި ގްރާންޑް ހާޑިން ޖަލުން ފިލި އިރު، އޭނާ ދިޔައީ ކެލިކޯ ރޮކްގައި ހުންނަ ނޯތް ސެންޓްރަލް ޔުނިޓުގައި 80 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުން ހާޑިން ޖަލުން ފިލީ ޖަލު އޮފިސަރެއްގެ ޔުނީފޯމާ ވައްތަރު ޔުނީފޯމެއްގައި ޖަލު އޮފިސަރަކަށް ހެދިގެންނެވެ. އެގޮތުން އޭނާއަށް ޖަލުގެ ގޭޓު ހުޅުވައި ދިނީވެސް ޖަލު އޮފިސަރެއް ކަމަށްވެސް ބުންޏެވެ.
އާކަންސަސް ޑިޕާޓްމަންޓް އޮފް ކަރެކްޝަންސްގެ ތަރުޖަމާން ރޭންޑް ޗެމްޕިއަން ބުނި ގޮތުގައި ހާޑިން ލައިގެން ހުރި ޔުނީފޯމަކީ ކަރެކްޝަންސް ޔުނީފޯމާ ވައްތަރު ޔުނީފޯމެއްވެސް ނޫން ކަމަށެވެ. ނަމަވެސް އެކަހަލަ ޔުނީފޯމެއް އޭނާއަށް ހެދުނު ގޮތް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
’އޮޒާކްގައި އުޅޭ ސައިތާން’ގެ ނަމުން މުޅި ގައުމަށް މަޝްހޫރު ހާޑިން ކުރި ކުށްތަކުގެ މައްޗަށް 2023 ވަނަ އަހަރު އެޗްބީއޯ އިން ވަނީ ޑޮކިއުމަންޓްރީއެއްވެސް ހަދައިފަ އެވެ.
ހާޑިން ފިލުވުމުން އޭނާ ހޯދުމުގެ މަސައްކަތުގައި ޑްރޯންއާއި ހެލިކޮޕްޓަރާއި ކެނައިން ޔުނިޓްތަކާއި ގްރައުންޑް ޓީމުތަކުން ދަނީ އޮޒާކްގެ ފަރުބަދަމަތީ ޖަންގަލި ސަރަހައްދުތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.




6 Comments
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި