އަންނަ މަހުން ފެށިގެން ނަންބަރު އައިނަށް ހައްދަން އާސަންދައިން އަހަރަކަށް 2،000 ރުފިޔާ ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ނަންބަރު އައިނު ހައްދަން އާސަންދަ އިން މިހާރު ލިބެނީ 1،000 ރުފިޔާ އެވެ. އެއީ ކޮންމެ ދެ އަހަރަކުން އެއް އަހަރެވެ. ނަމަވެސް ބައެއް މީހުންގެ ލޮލުގެ ނަންބަރު ބޮޑުކަމުން އެއަށްވުރެ ބޮޑު އެއްޗެއް އަތުންދެ އެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ހަފުލާގައި ރައީސް ވިދާޅުވީ، ދައުލަތަށް ރައްކާކުރެވޭ ފައިސާ އިން ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ހަރަދު ކޮށްދޭނެ ކަމަށެވެ.
އެގޮތުން ހަދަންޖެހޭ ހުރިހާ ހިސާބުތަކެއް ހަދާ ނިންމައި ނަންބަރު އައިނު ހައްދަން އާސަންދަ އިން މިހާރު ދޭ ރުފިޔާ ބޮޑުކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް މިއަދު ސިޓީ ފޮނުވާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެކަމުގެ އިތުރުން ވެސް ކުރަން ހުރިކަންކަން ކޮށްދެމުން އަންނަ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.




3 Comments
ގުޅުންހުރި
އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމާ މެދު މިދަނީ ވިސްނަމުން: ޓްރަމްޕް
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ޕީއެންސީއަށް ވޯޓު ދިނުމަކީ ގައުމީ ވާޖިބެއް، 80 ޕަސަންޓުން ކާމިޔާބުވާނެ: އާދަމް
ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ
ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި