މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިއަދު ހެނދުނު ސައޫދީ އަަަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ، އެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި އަރިހުގައި ވަޑައިގަންނަވާ ވަފުދުގެ ބޭފުޅުން، ސައުދީގައި ތިއްބަވާނީ ސައޫދީ ސަރުކާރުގެ ހާއްސަ މެހެމާންދާރީގައި ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުން:
- ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
- ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލުގެ ދެކަނބަލުން
- އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ ދެކަނބަލުން
- އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިޚް މުހައްމަދު ލަތީފުގެ ދެކަނބަލުން
- ޗީފް އޮފް ޕްރޮޓޮކޯލް، މުހައްމަދު ޝަހުދީ




2 Comments
ގުޅުންހުރި
ރައީސް ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ރައީސް އަންގާރަ ދުވަހުގެ ރޭ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ސިޔާސީ އޮއިވަރުގައި ޖެހިގެން މަސްވެރިންނަށް ވާނެ ފައިދާއެއް ނޯންނާނެ: ރައީސް
މާދަމާއިން ފެށިގެން މަސް ގަންނަ އެންމެ ދަށް އަގަކަށް 16 ރުފިޔާ
މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ލަސްވަނީ ބޭރުގެ ”ޑިއު ޕްރޮސެސް“އާ ހެދި: ރައީސް
މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ގާއިމުކުރި ފުރަތަމަ ޝެޑް ދުވާފަރުގައި ހުޅުވައިފި