އދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސްގެ މަގާމަށް ރާއްޖެ އިންތިހާބުވެއްޖެ އެވެ.
އެކަން އިއުލާން ކުރައްވައި ރައީސްގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބައިނަލްއަގުވާމީ ބައިވެރިންނާއެކު، މި ފެށޭ ޖެނެރަލް އެސެމްބްލީ އަކީ ކާމިޔާބު އެސެމްބްލީ އަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނޭ ކަމަށެވެ. އަދި ރާއްޖެއަށް މިފަދަ ފުރުސަތެއް ލިބުމުން އެކަމަށް ޝުކުރުވެރިވެވަޑައިގަންނަވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ޕޯސްޓުގައި މި އަހަރަކީ ރާއްޖެ އދ.ގެ މެންބަރު ގައުމެއްގެ ގޮތުގައި 60 އަހަރު ފާހަގަކުރާ އަހަރު ކަމަށް ވިދާޅުވެ، ރާއްޖެ އިން ދޭދޭގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވައިފަ އެވެ.
އދ. ގެ އާންމު މަޖިލީހުގެ ކޮންމެ ސެޝަނަކަށް އޭޝިއާ ޕެސިފިކް ގުރޫޕުގެ ތެރެއިން ފަސް ނައިބު ރައީސުން އިންތިހާބުކުރެ އެވެ. ރާއްޖޭގެ އިތުރުން، އަނެއް ހަތަރު ގޮނޑިއަށް ކުރިމަތިލި، ބަންގްލަދޭޝް އާއި ލުބުނާނާއި ސައޫދީ އަރަބިއްޔާ އާއި ޓިމޯ-ލެސްޓް ވަނީ މިރޭ ބޭއްވި އާންމު މަޖިލީހުގެ ބައްދަލުވުމުގައި އިންތިހާބު ކޮށްފަ އެވެ.
އދ. ގެ އާންމު މަޖިލީހުގެ ނައިބު ރައީސުންގެ މައިގަނޑު މަސްއޫލިއްޔަތަކީ އެ ސެޝަންގެ ރައީސެއް ނެތް ހާލަތެއްގައި، ނުވަތަ ރައީސަށް ސެޝަންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިނުގެންނެވޭ ހާލަތެއްގައި ވަގުތީ ރައީސްގެ ހައިސިއްޔަތުން ރައީސްގެ ޒިންމާތައް އަދާކުރުމެވެ.
މީގެ އިތުރުން އދ. ގައި ހިންގާ މުހިންމު އަދި ބޮޑެތި މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓުމުގެ މަސައްކަތާއި ސަފީރުންނާއި ތަޖުރިބާކާރުންނާ އެކު ބާއްވާ އދ. ގެ ނުރަސްމީ ޕްލެނަރީ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

1 Comment
ގުޅުންހުރި
ޑޮލަރުގެ މައްސަލަ ހައްލު ކުރުމާ ބެހޭގޮތުން މުނައްވަރު ވަޑައިގެންނެވި ކޮމިޓީ ބައްދަލުވުން
ސިހުރު ހެދުމަށް ހިތްވަރު ދެމުންދާ ފޭސްބުކު ޕޭޖުތަކެއްގެ މައްސަލަ ފުލުހުން ބަލަނީ
ތުހުމަތުތައް އަމާޒުވުމުން މާލިއްޔަތު ކޮމިޓީން ޝުޖާއު ވަކިކޮށްފި
ދިރާގުން މި އަހަރު ދޭނީ އެންމެ ސްޕީޑްބޯޓެއް ނޫން، ކޮންމެ ހަ
ޝުޖާއުއާ ގުޅޭ އިންޓެލިޖެންސް ރިޕޯޓު ލީކުވެފައި ވަނިކޮށް އެފްއައިޔޫގެ ވެރިއާ މަގާމުން
ބްލެކްމެއިލް ކޮށްގެން 300،000 ރުފިޔާ ހޯދި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި