އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައެއްގައި ދިވެހި ފުލުހުންގެ އެހީތެރިކަމާއެކު ޗައިނާގެ ހޮންކޮންގުން 1800 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އޭޝިއާގެ ގައުމުތަކުގައި އޮންލައިން ސްކޭމް ހިންގި އެ މައްސަލައިގެ އޮޕަރޭޝަން ކުރިއަށްގެންދިޔައީ ހަ ގައުމެއްގެ ފުލުހުންގެ ބައިވެރިވުމާއެކުއެވެ.
ހޮންކޮންގުގެ ޕޮލިސް ކޮމާޝަލް ބިއުރޯގެ ޗީފް ސުޕްރިންޓެންޑެންޓް ވޮންގް ޗުން ޔޫ ވިދާޅުވީ އެ މައްސަލައަކީ ސްކޭމް ހިންގައިގެން ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު ހޯދި މައްސަލައެއް ކަމަށާއި ޖޮއިންޓް އޮޕަރޭޝަންގައި ރާއްޖޭގެ އިތުރުން މެލޭޝިއާ އާއި ދެކުނު ކޮރެއާ އާއި ތައިލެންޑާއި ސިންގަޕޫރު އަދި މަކާއޯ ފުލުހުން ބައިވެރިވި ކަމަށެވެ.
އެ ސްކޭމްގެ ތެރެއިން އޮންލައިން ވިޔަފާރިކޮށް، ފޯން ކޯލު މެދުވެރިކޮށް އަދި އިންވެސްޓްމަންޓާއި ވަޒީފާ ފުރުސަތުތައް ތަނަވަސްކޮށްދޭނެ ކަމަށްބުނެ ވެސް އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ކަމަށާއި އެ މައްސަލައިގައި މިދިޔަ މަހުގެ 28 ގެ ނިޔަލަށް ގާތްގަނޑަކަށް 33،000 އެކައުންޓު ފްރީޒް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 14 އަހަރާއި 81 އަހަރާ ދެމެދުގެ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި މިދިޔަ މާޗް މަހު ހިންގި ސްކޭމެއްގައި ފޭކް ވީޑިއޯއެއް ބޭނުންކޮށްގެން ސިންގަޕޫރުގެ ފައިނޭންސް ޑިރެކްޓަރެއް އަތުން ވެސް ވަނީ 499،000 ޑޮލަރު ހޯދައިފައެވެ. ނަމަވެސް އެ ފައިސާ މިހާރު އަނބުރާ ހޯދިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.




2 Comments
ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް