ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލް ބަލީގައި ޒުވާނަކު މަރުވެފައިވާކަން މި ނޫހަށް ކަށަވަރުވެއްޖެ އެވެ.
”ހަފްތާ“ އަށް އެނގިފައިވާ ގޮތުގައި އެ ބަލީގައި ނިޔާވެފައި ވަނީ ދ. ބަނޑިދޫއަށް އުފަން އުމުރުން 24 އަހަރުގެ ޒުވާނެކެވެ. އޭނާ މަރުވީ ރާއްޖެ އިން ބޭރަށް ކުރި ދަތުރަކަށް ފަހު ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ، އެ ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަމާމާބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދައި ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށް ދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އިންވެންސިވް މެނިންގޯކޮކަލް ބައްޔަށް، ހަ އަހަރުގެ ތެރޭގައި ރާއްޖެ އިން ޖެހުނު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކަނީ ތިން މީހެކެވެ. މީގެ ތެރެއިން ދެ މީހަކަށް މި ބަލި ޖެހުނު ކަމަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ އަހަރެވެ. ތިންވަނަ މީހަކީ އެ ބަލީގައި މިދިޔަ އަހަރު ނިޔާވި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) އެވެ.
މެނިންގޯކޮކަލް އަކީ ނިޝީރިއާ މެނިންޖިޓައިޑިސް ނަމަކަށް ކިޔާ ޖަރާސީމަކުން ޖެހޭ ބައްޔެއް ކަމަށެވެ. އެ ޖަރާސީމުން ދެ ވައްތަރެއްގެ ބައްޔެއް ޖެހެ އެވެ. އެއީ ލޭގެ އިންފެކްޝަނާއި (ސެޕްސިސް) އަދި މެނިންޖައިޓިސް (ސިކުނޑީގެ ވަށައިގެންވާ ފަށަލައިގެ އިންފެކްޝަން) އެވެ. އެއީ ވަރަށް ނުރައްކާތެރި ދެ ބައްޔެވެ. އެކަމަކު، ވެކްސިން ޖަހައިގެން އެ ދެ ބަލިން ރައްކާތެރިކަން ހޯދެ އެވެ.

6 Comments
ގުޅުންހުރި
ފާޑުކިޔުންތަކަށް ބެލުމެއް ނެތް، ސިޔާސީ މަގާމެއް އަދާކުރި މީހަކު މާދަމާ ހައިކޯޓަށް
ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް
އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފި
ރައީސަށް މަރުގެ އިންޒާރުދިން މަސީހުގެ ބަންދަށް 10 ދުވަސް
އިމިގްރޭޝަން ކޮރަޕްޝަން: ލައްސާން ކުށަށް އިއުތިރާފުވުމުން ލުއި އަދަބެއް ދީފި
މުހައްމަދު ފުލުހަށް ދިޔައިއިރު ސްޓޭޝަނުގައި ފުލުހުން ނެތީ ކްރައިމް ސީނަށް ހުރިހާ