ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލް ބަލީގައި ޒުވާނަކު މަރުވެފައިވާކަން މި ނޫހަށް ކަށަވަރުވެއްޖެ އެވެ.
”ހަފްތާ“ އަށް އެނގިފައިވާ ގޮތުގައި އެ ބަލީގައި ނިޔާވެފައި ވަނީ ދ. ބަނޑިދޫއަށް އުފަން އުމުރުން 24 އަހަރުގެ ޒުވާނެކެވެ. އޭނާ މަރުވީ ރާއްޖެ އިން ބޭރަށް ކުރި ދަތުރަކަށް ފަހު ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ، އެ ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަމާމާބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދައި ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށް ދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އިންވެންސިވް މެނިންގޯކޮކަލް ބައްޔަށް، ހަ އަހަރުގެ ތެރޭގައި ރާއްޖެ އިން ޖެހުނު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކަނީ ތިން މީހެކެވެ. މީގެ ތެރެއިން ދެ މީހަކަށް މި ބަލި ޖެހުނު ކަމަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ އަހަރެވެ. ތިންވަނަ މީހަކީ އެ ބަލީގައި މިދިޔަ އަހަރު ނިޔާވި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) އެވެ.
މެނިންގޯކޮކަލް އަކީ ނިޝީރިއާ މެނިންޖިޓައިޑިސް ނަމަކަށް ކިޔާ ޖަރާސީމަކުން ޖެހޭ ބައްޔެއް ކަމަށެވެ. އެ ޖަރާސީމުން ދެ ވައްތަރެއްގެ ބައްޔެއް ޖެހެ އެވެ. އެއީ ލޭގެ އިންފެކްޝަނާއި (ސެޕްސިސް) އަދި މެނިންޖައިޓިސް (ސިކުނޑީގެ ވަށައިގެންވާ ފަށަލައިގެ އިންފެކްޝަން) އެވެ. އެއީ ވަރަށް ނުރައްކާތެރި ދެ ބައްޔެވެ. އެކަމަކު، ވެކްސިން ޖަހައިގެން އެ ދެ ބަލިން ރައްކާތެރިކަން ހޯދެ އެވެ.

6 Comments
ގުޅުންހުރި
ޝުޖާއުއާ ގުޅޭ އިންޓެލިޖެންސް ރިޕޯޓު ލީކުވެފައި ވަނިކޮށް އެފްއައިޔޫގެ ވެރިއާ މަގާމުން
ބްލެކްމެއިލް ކޮށްގެން 300،000 ރުފިޔާ ހޯދި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ދޯންޏެއް ފަރަށް އެރުމުގެ ސަބަބުން ކަނޑުވި ތިން މީހަކު ސަލާމަތްކޮށްފި
ގައުމާއި ޖުޑިޝަރީގެ ނަޒާހަތްތެރިކަން ދަމަހައްޓަން ކަމަށް ވިދާޅުވެ، ޝަހީދު ނަން ނަގައިފި
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 މީހަކު ހައްޔަރުކޮށްފި
ސަރުކާރު އެކްޓިވިސްޓު ޝަހީދު ފަނޑިޔާރުގެ މަގާމަށް އައްޔަންކުރުން ހުއްޓުވަން ހުށަހެޅި މައްސަލަ